Kudhi lunboa ge siyhee faaidhaa thah engeytha?
image
ފޮޓޯ: ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ކުދިލުނބޯގެ ސިއްހީ ފާއިދާތައް އެނގޭތަ؟

ކުދި ލުނބޯ އަކީ ހުތްމޭވާގެ އާއިލާއަށް ނިސްބަތްވާ މަދުން ނަމަވެސް ކައިއުޅޭ އެއްޗެކެވެ.
މިއީ ތަތްކަމެއް ހުންނަ އެއްޗެއްކަމުން ތެރަސްގެ ގޮތުގައި ވެސް ބައެއް މީހުން ކުދި ލުނބޯ ބޭނުންކުރާކަން ފާހަގަކުރެވެއެވެ. އަދި މިއީ މޭވާއެއްގެ ގޮތުގައި ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.

އެގޮތުން ކައްކައިގެންނާއި، ޖޭމު ތައްޔާރުކޮށްގެން ވެސް ބައެއް ހިސާބުތަކުގައި ކުދި ލުނބޯ ބޭނުންކޮށް އުޅެއެވެ.
ކުދި ލުނބޯއިން ލިބޭ ޞިއްޙީ ފައިދާތަކުގެ ތެރޭގައި:

• ތަފާތު ވައްތަރުގެ ލުއި ބުއިންތައް އުފެއްދުމުގައި ކުދި ލުނބޯ ބޭނުންކުރެއެވެ.

• ގަހުގެ ފަތުން ލިބޭ ފާއިދާތަކުގެ ތެރޭގައި:

1) ބޭރަށް ހިންގުން ކުޑަކުރުމަށް ފަތް ގައިގައި އުގުޅައެވެ.
2) ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ފަތް ގައިގައި އުނގުޅައެވެ.
3) ބަނޑުގައި ރިހުމަށް ފަރުވާ ކުރުމަށް ވެސް ފަތް ގައިގައި އުނގުޅައެވެ.
4) ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
5) ފަންގަސް ތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
6) އެރޯމެޓިކް ބާތު އުފެއްދުމަށް ބޭނުން ކުރެއެވެ.
7) ކޮސްމެޓިކްސް ތައްޔާރުކުރުމަށް ވެސް ބޭނުން ކުރެއެވެ.

ކަރުތެރެ ހަލާކުވުން، އަދި ކެއްސުން ފަދަ އުދަނގޫތައް ކުޑަކޮށް ލުއިކުރުމަށް ކުދި ލުނބޯ ބޭނުން ކޮށްއުޅެއެވެ.
ކުދި ލުނބޯ ސިއްހަތު
ހިޔާލު