Dhivehi rayyithun annanee nikamethikan ihusaas kuramun: MP Adam Shareef
image
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު-- ފޮޓޯ: މަޖިލީސް
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ދިވެހި ރައްޔިތުން އަންނަނީ ނިކަމެތިކަން އިހުސާސް ކުރަމުން: މެމްބަރު އާދަމް ޝަރީފް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ދިވެހި ރައްޔިތުން ނިކަމެތި ކަމުގެ އިހްސާސް ކުރަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ސީއެންއެމަށް މައުލޫމާތު ދެއްވަމުން މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުނުއިރު އާންމު ރައްޔިތުން ނިކަމެތިކަން އިހުސާސް ކުރާ ކަމަށާއި އަދި ފަގީރުކަން ވަރަށް ބޮޑަށް ތަހައްމަލު ކުރާ ކަމަށެވެ.

އާންމު ރައްޔިތު މީހާ މަަސައްކަތް ކޮށްގެން ރަނގަޅު އުޖޫރައެއް ނުލިބޭ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިންނަކީ ވަރަށް ވަރުދަގަ ގައުމިއްޔަތެއް އޮތް ބައެއް ކަމަށާއި ނަމަވެސް މިދިޔަ ދުވަސްތަކުގައި ގައުމިއްޔަތު ބައިބައިވެ ރޫޅިގެން ހިނޖައްޖެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމަށްޓަކައި ކާބަފައިން ނުހަނު ބޮޑެތި ގުރުބާނީތަކެއްވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެ ސިޔާދަތު ރައްކާތެރިކަމާއެކު ދެމެހެއްޓޭނެ ކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދިރިއުޅެމުންދާ ބައެއް ކަމަށާއި ނަމަވެސް ގައުމު މިހާރުދާ މިސްރާބުން އިސްލާމް ދީނަށް ރަނގަޅަށް އުޅޭ ކޮންމެ މީހަކަަށް އަދުގެ ސަރުކާރުން އަންނަނީ ޓެގެއް އަޅުވަމުން ކަމަށެވެ.

އެގޮތުން ދީނަށް އުޅޭ ބައެއް މީހުންނަކީ ހައްދު ފަހަނައަޅާފައިވާ މީހުންގެ ގޮތުގައި ލޭބަލް ކުރުންނ އާންމުވެފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ލާދީނީ ފިކުރު ފަތުރާއިރު ވެސް އެ ކަންތައްތަކަކީ ބޮޑެތި ކަންތައްތަކެއްގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އިސްލާމް ދީނަށް ބޮޑެތި ގޮންޖެހުންތަކެއް މިއަދު އެބަހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މި ސަރުކާރަކީ މިނިވަން ފިކުރުގެ ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވާ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ގައުމު އޮތީ ނުރައްކަލެއްގެ ތުންފަތްމަތީގައި ކަމަށެވެ.
ހިޔާލު