Ithuru 19 kunfunyeh uvaalanee
image
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޖިސްޓްރާ އިފް ކޮމްޕެނީސް-- ފޮޓޯ: އަވަސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އިތުރު 19 ކުންފުންޏެއް އުވާލަނީ

އަހަރީ ފީ ނުދައްކައިގެން، އިތުރު 19 ކުންފުންޏެއް އުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އުވާލަން ނިންމި ކުންފުނިތަކަކީ 2017 އާއި 2018 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެވެ.

އެގޮތުން އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަން ސިނާއަތާއި ޓޫރިޒަމް އިންޑަސްޓްރީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ.

އުވާލަން ނިންމާފައިވާ ކުންފުންޏެއް އަލުން ހިންގަން ބޭނުންވެއްޖެ ނަމަ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިޔުމަކުން އެކަން އަންގަން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ފީ ނުދައްކައިގެން އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ކުންފުނިތައް އުވާލަން އިއުލާންކުރި އެވެ. ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާތީ ވެސް ބައެއް ކުންފުނިތައް އުވާލަން މިނިސްޓްރީން އިއުލާން ކުރިއިރު ކުރިން މިނިސްޓްރީން ބުނި ގޮތުގައި އުވާލަން ޖެހޭ 7،000 އަށް ވުރެ ގިނ ކުންފުނި އެބަ ހުއްޓެވެ.
ހިޔާލު