Vazeefa hoadhai dheyn Economic Ministry inn job center portal eh ifthithaahu koffi
image
އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވަޒީފާ ހޯދައިދޭން އިކޮނޮމިކް މިނިސްޓްރީން ޖޮބްސެންޓާ ޕޯޓަލް އިފްތިތާހުކޮށްފި

ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ ފަރާތްތަކާއި ގުޅުވާލަދޭ "ޖޮބްސެންޓާ" ޕޯޓަލް އެއް އިކޮނޮމިކް މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕޯޓަލް އިފްތިތާހުކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އެ ރަސްމއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ފޯޓަލްގެ ސަބަބުން ޒުވާނުންނަށް ފަސޭހައިން ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ބަލާލެވޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޖޮބްސެންޓަރަކީ މިއަދުގެ މާހައުލަށް ވަރަށް އެކަށީގެންވާ ޕޯޓަލްއެއް ކަމަށާއި އެއީ ވަރަށް ފުރިހަމައަށް ބައްޓަންކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދަން ބޭނުންނަމަ ފުރަތަމަ ޖެހެނީ އެ ޕޯޓަލްގައި ރަޖިސްޓްރީވާށެވެ. އަދި އެއަށްފަހު އެމީހެއްގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަދި ޝައުގުވެރިވާ ދާއިރާތަކާ ގުޅޭ މައުލޫމާތު ހިމަނަން ޖެހެ އެވެ. އެއާއެކު އެމީހަކާ ގުޅޭ ވަޒީފާގެ ފުރުސަތުތައް ފެނިގެން ދާނެ އެވެ.

އެ ޕްލެޓްފޯމުގައި ވަޒީފާ ދޭ ފަރާތްތަކުން ރަޖިސްޓްރީ ވުމުން، އެ ކުންފުނިތަކުން ބޭނުންވާ މީހުން، އެ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ހޯދާ ފަރާތްތަކުގެ ތެރެއިން ބަލާލެވޭނެ އެވެ.

އެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް ވަޒީރުންނާއި އިސް ބޭބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހިޔާލު