Lanka gai hamajehun qaaimuvumakee Raajje ah ragalheh: Shahid
image
ފޮޓޯ: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ގޯތަބަޔާ ރާޖަޕަކްސައާ އެކު
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ލަންކާގައި ހަމަޖެހުން ގާއިމުވުމަކީ ރާއްޖެއަށް ރަނގަޅެއް: ޝާހިދު

ސްރީލަންކާގައި ސުލްހަ ގާއިމްވެފައިއޮތުމަކީ ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ލަންކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ގޯތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ލަންކާގައި އޮމާންކަމާއެކު ކުރިއަށްދާތީ އުފާ ކުރައްވާ ކަމަށެވެ.

ލަންކާގެ އާ ސަރުކާރާއެކު މަސައްކަތްކޮށް، ރާއްޖެއާއި ލަންކާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާކަމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ގޮތަބަޔާ ކާމިޔާބު ކުރެއްވީ ޖުމްލަ ވޯޓުގެ 52.25 އިންސަތަ ހޯއްދަވައިގެންނެވެ. ބުޑިސްޓް މެޖޯރިޓީ އޮންނަ ލަންކާގެ ދެކުނުގެ ގިނަ ސަރަހައްދުތަކެއްގެ ވޯޓް ގޮތަބަޔާ އަށް ލިބިފައިވެ އެވެ.

ގޮތަބަޔާ އަކީ ލަންކާ ސަރުކާރުން ތަމަޅަ ޓައިގަރުންނާއެކު ކުރި 25 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި ކުރީގެ ޑިފެންސް ސެކްރެޓަރީގެ ގޮތުގައި ހުންނަވައިގެން މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ގޮތަބަޔާ ލަންކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާއިރު އޭނާ އަށް ބޮޑެތި ތުހުމަތުތަކެއްވެސް ލަންކާގެ ބައެއް އިދާރާތަކުން ކޮށްފައިވެ އެވެ.

ހިޔާލު