Visa aa nulaa 90 gaumakah dhivehinnah mihaaru dhathuru kureveyne
image
ތުރުކީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވިސާއާ ނުލާ 90 ގައުމަކަށް ދިވެހިންނަށް މިހާރު ދަތުރުކުރެވޭނެ

ދިވެހިންނަށް ވިސާއާއި ނުލާ 90 ގައުމަކަށް ދެވޭނެ ގޮތް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު، މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ ވިސާއާއި ނުލާ ދިވެހިންނަށް މޮރޮކޯއަށް ދެވޭނެ ގޮތް ހަމަ ޖައްސާފަ އެވެ.

މިނިންމުމާ އެކު ޖުމްލަ 90 ގައުމަކަށް މިހާރު ވިސާ އާ ނުލާ ދިވެހިންނަށް ދަތުރުކުރެވޭނެ އެވެ.

ވިސާ އާ ނުލާ ދިވެހިންނަށް ދަތުރުކުރެވޭ ބައެއް ގައުމުތަކުގެ ތެރޭގައި:
- ބަހާމަސް
- އީޖިޕްޓް
- ފީޖީ
- އިންޑޮނޭޝިއާ
- ނޭޕާލް
- ރަޝިޔާ
- ތައިލެންޑް
- ތުރުކީ
- ޔޫކޭ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން 25 އަށް ވުރެ ގިނަ ގައުމަށް ވަނީ ވަޑައިގެންފަ އެވެ.

ދިވެހި ސަރުކާރުން ބުނާ ގޮތުގައި މިނިސްޓަރު ޝާހިދު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީ ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ތަފާތު އެހީތައް ހޯދުމެވެ.

ޝާހިދުގެ މިދަތުރުފުޅުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ހިލޭ އެހީއާއި ލޯން ފެސިލިޓީޒްތައް ހަަމަޖެހެމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީ
ހިޔާލު