Current ge agu heyo kurumaa behey garaaru Majileehah balaiganefi
image
ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ކަރަންޓުގެ އަގު ހެޔޮ ކުރުމާ ބެހޭ ގަރާރު މަޖިލީހަށް ބަލައިގަނެފި

ކަރަންޓުގެ އަގު ހެޔޮ ކުރުމާ ބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެފި އެވެ.
ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށަހެޅުއްވި އެ ގަރާރު ބަލައިގަނެފައި ވަނީ 69 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ގަރާރާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

އެ ގަރާރު ބަލައިގަތުމާއެކު އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފަ އެވެ.

ގަރާރުގައިވާ ގޮތުން ދެމެހެއްޓެނިވި އުސޫލަކުން ކަރަންޓުގެ އަގު ކުޑަކުރެވޭނެ ކަމަށާއި އާމްދަނީއާއި ފުދުންތެރިކަމަށް ރިއާޔަތްކޮށް، އެއްވެސް އާއިލާއަކަށް ބުރަޔަކަށް ނުވާނެކަން ކަށަވަރުކުރުމަށް ސަބްސިޑީ ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން ތެލަށް ކުރާ ބޮޑު އިސްރާފު ދަށްކުރެވި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްގީކުރެވޭނެ ކަމަށް ސަރުކާރުން ވައުދުވެފައި ވީ ހިނދު، ކަރަންޓުގެ އަގު ބޮޑުވުމުގެ މައްސަލައަށް ބަލާ އިރު، މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ކަރަންޓު ރާއްޖޭން ބޭރުން އެތެރެކުރާ ޑީސަލްގެ މައްޗަށް ބަރޯސާވެފައިވާ ކަމަށް ގަރާރުގައިވެއެވެ.

ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ޑީސަލް ގަތުމަށް ކުރާ ބޮޑު ހޭދައަށް ބަލާ އިރު، 2018 ވަނަ އަހަރު ރާއްޖެއަށް 521098 މެޓްރިކްޓަނުގެ ޑީސަލް އެތެރެކުރުމަށް 4.5 ބިލިއަން ރުފިޔާ ހަރަދުކުރަންޖެހުނު ކަމަށާއި ކަރަންޓު ޔުނިޓެއްގެ އަގު ބިނާވެފައި އޮންނަނީ ބޭރުން ރާއްޖެއަށް ޑީސަލް ވިއްކާ އަގު މައްޗަށް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ހިއްސާ ވެގެން އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމުގެ ގޮތުން ހާއްސަ ފަންޑެއް އުފެއްދުމަށް ގޮވާލާ ކަމަށެވެ. އޭގެ އިތުރުން އެނާޖީ އެފިޝަންސީ މަސައްކަތްތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ހަކަތައިގެ ގަވަނަންސް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން އަވަސް ކުރުމަށާއި އެނާޖީ އެފިޝަންސީ މިންގަނޑުތައް އެކުލަވާލަން ގަރާރުގައިވެއެވެ.

އެނާޖީ އެފިޝަންސީ މިންގަނޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މާފު ކުރުން ނުވަތަ ކުޑަ ކުރުމަށާއި އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ތެރެއިން ކޮންމެހެން އެތެރެ ކުރަން ޖެހޭ އެއްޗެހި ފިޔަވައި އެ ނޫން އެއްޗެހި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގަރާރުގައިވެއެވެ.

ސްޓެލްކޯ އާއި ފެނަކައަކީ ހިންގުން ހަރުދަނާ ކުރަންޖެހިފައިވާ، ރެގިއުލޭޓު ކުރެވެންޖެހޭ ދެ ކުންފުނިކަން ފާހަގަކޮށް ގަރާރުގައި ބުނަނީ ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒުކޮށް ރެގިއުލޭޓްކުރެވިގެން ހިންގުމަކީ، ކަރަންޓަށް ކުރާ ހޭދަ އިސްރާފުވުން ކުޑަކުރެވި، ހިދުމަތް ހަލުއިވާނެ ކަމެއް ކަމަށެވެ.

ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ހިއްސާވެގެން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ކުރިއެރުވުމުގެ ގޮތުން ހާއްސަ ފަންޑެއް އުފެއްދުމަށާއި، ޑީސަލްއާއި ޑީސަލުން އުފައްދާ ކަރަންޓަށް ދެވޭ ސަބްސިޑީ އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް އަނބުރާލައި، މި ފައިސާ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގޭގެއާއި، ވިޔަފާރިކުރާ ތަންތަނާއި، ސޯލާ ޕީވީ ސިސްޓަމުތައް ހަރުކުރުމަށް ބޭނުންވާ ލޯނު ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށާއި އަދި ސޯލާ ޕީވީ ސިސްޓަމު ގާއިމުކުރުމުގެ ގައުމީ ފެންވަރުގެ މަޝްރޫއެއް ސަރުކާރުން އެކުލަވާލުމަށް ވެސް ގަރާރުގައިވެއެވެ.

ގަރާރުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް ގައުމުތަކުން އިތުރު ބާރުމިނެއްގައި މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅު 2015 ވަނަ އަހަރުގެ 5.1 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް އިކުއިވިލަންޓް އަހަރެއްގެ މައްޗަށް ރާއްޖޭން ޖައްވަށް ބޭރުކޮށްފައިވާ ކަމަށާއި އަދި އޭގެ 67 ޕަސެންޓް ނިސްބަތް ވަނީ ކަރަންޓު އުފެއްދުމަށް ތެޔޮ އެންދުމަށް ކަމަށެވެ.
މަޖިލިސް ކަރަންޓް
ހިޔާލު