Dhaulathuge reserve dhah vejje
image
އެމްއެމްއޭ-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
0 ކޮމެންޓް
 

ދައުލަތުގެ ރިޒާވް ދަށްވެއްޖެ

ދައުލަތުގެ ރިޒާވުގައި ހުރި ފައިސާގެ މިންވަރު 530.8 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބަށް ބަލާއިރު، ފާއިތުވި ފަސް މަހު ވެސް ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ.

އެގޮތުން އޭޕްރިލް މަހު ރިޒާވުގައު 778 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު މިހާރު ވަނީ ރިޒާވުން މަދުވެފަ އެވެ.

ޔޫޒަބަލް ރިޒާވް ވެސް ސެޕްޓެމްބަރު މަހު ވަނީ 204 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރިޒާވު 938 މިލިއަން ޑޮލަރަށް އެރި އެވެ. އެކަމަކު މާޗް މަހު އެ އަދަދު ގާތްގަނޑަކަށް 776 މިލިއަން ޑޮލަރަށް ދަށްވި އެވެ.

ރިޒާވް ދަށް ވަނީ ގައުމަށް އެތެރެވާ ބޭރު ފައިސާ އަށް ވުރެ ބޭރުވާ ބޭރު ފައިސާ ގިނަވުމުންނެވެ. ރިޒާވް އިތުރު ކުރުމަށް ސަރުކާރުން ވަނީ އިންޑިއާގެ މަރުކަޒީ ބޭންކާއެކު ހަދަން ނިންމި ކަރަންސީ ސްވޮޕްގެ އަދަދު ބޮޑުކޮށްފަ އެވެ.

އެގޮތުން 200 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.
އެމްއެމްއޭ
ހިޔާލު