Valee ahudhu Nahuyan avahaaravumaai gulhigen raees thauziyaa fonuhvaifi
image
ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ވަލީއަހުދު ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އެކުވެރި ޢަރަބި އިމާރާތުގެ ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދު އަލް ނަޙްޔާންގެ ކޮއްކޯފުޅު، ޝައިޚް ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން، އެކުވެރި ޢަރަބި އިމާރާތުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޝައިޚް ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އަބޫދާބީގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އެކުވެރި ޢަރަބި އިމާރާތުގެ ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދު އަލް ނަޙްޔާންގެ ކޮއްކޯފުޅު، ޝައިޚް ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް ޞާލިޙް
ހިޔާލު