Mi anhen meeha kaiveneega gahanaa ge badhalugai beynun kuree tomato, thafaathu dho?
image
0 ކޮމެންޓް
 

މި މީހާ ކައިވެނީގެ ގަހަނާގެ ބަދަލުގައި ބޭނުން ކުރީ ޓޮމާޓޯ، ތަފާތު ދޯ؟

ކައިވެންޏަށް ތައްޔާރު ވާއިރު، ކޮންމެ އަންހެނަކުން ވެސް ބޭނުން ވާނީ އެމީހަކަށް ވެވުނު އެންމެ ރީއްޗަކަށް ހުންނާށެވެ. އެގޮތުން ރަން ނުވަތަ ރިހި ފަދަ ގަހަނާތައް އަޅާ ޒިނަތްތެރިވާ މީހުން އިންޑިއާ އަދި ޕާކިސްތާނުގައި ވަރަށް ގިނަ އެވެ. ނަމަވެސް މިއީ ތަފާތު އަންހެނެއްގެ ވާހަކަ އެވެ.
ޕާކިސްތާނަށް ނިސްބަތްވާ މި އަންހެން މީހާ ކައިވެނީގައި ގަހަނާއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ޓޮމާޓޯ އެވެ. އެގޮތުން ކަންފަތާއި އަތާއި ކަރުގައި އަޅާ ގަހަނާގެ ބަދަލުގައި އޭނާ ވަނީ އަމުނާލެވިފައިވާ ޓޮމާޓޯ ފައްޗެއް އަޅާފަ އެވެ.

އެ އަންހެން މީހާ އާ އިންޓަވިއު ކުރުމަށް ޕާކިސްތާނުގެ ރިޕޯޓަރެއް އެތަނަށް ގޮސްފައި ވާއިރު އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެ އަންހެން މީހާ ބުނީ ރަނާއި ޓޯމާޓޯގެ ވެސް އަގު ދަނީ މައްޗަށް ކަމަށާއި އެހެންކަމުން ރަނުގެ ބަދަލުގައި ޓޮމާޓޯ ބޭނުން ކުރީ ކަމަށެވެ.

އޭގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް އެ ޓޮމާޓޯތައް ފޮރުވާފައި ބަހައްޓާނެ ކަމަށާއި އެހާ ދުވަސްވާއިރު އިތުރަށް ޓޮމާޓޯގެ އަގު ބޮޑުވާނެ ކަމަށެވެ.ސޯޝަލް މީޑިއާގައި އެ ރިޕޯޓަރު އިންޓަވިއު ކުރި މަންޒަރު ދައުރުވަމުން ދާއިރު ގިނަ ބަޔަކު ވަނީ އެ އަންހެން މީހާއަށް ފާޑުކިޔާފަ އެވެ. އެގޮތުން އޭނާ ސިކުނޑި ހަމަޖެހޭތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.
ނަލަވުން މީހުން
ހިޔާލު