MRM siyaasee party ehge gothuga registry kuran ninmaifi
image
އެމްއާރްއެމްގެ އިންތިގާލީ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް-- ފޮޓޯ: ސުވަދީބް
0 ކޮމެންޓް
 

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ކަމަށާއި، ރަޖިސްޓްރީ ސެޓްފިކެޓް ހަވާލު ކުރުން ނޮވެމްބަރު 25 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްނަންގަވައިގެން އުފެއްދެވި އެމްއާރްއެމްގެ އިންތިގާލީ ރައީސަކީ ވެސް މައުމޫނެވެ.

އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަނީ ޕާޓީގެ ނަމާއި, ލޯގޯ އަދި އަސާސީ ގަވާއިދު ފާސްކޮށްފަ އެވެ. ޕާޓީގެ ނަމެއްގެ ގޮތުގައި ''ދިވެހި އިސްލާހީ ހަރަކާތް'' ވަނީ ހުރިހާ މެމްބަރުންގެ ޢައުލަބިއްޔަތުން ފާސްވެފަ އެވެ.

ޕާޓީގެ ލޯގޯ އަށް ތިން ލޯގޯ އެއް ހުށަހެޅި އެވެ. އެ ލޯގޯތަކުގެ ތެރެއިން ފާސްވީ މައުމޫނު ވެސް ތާއިދު ކުރެއްވި ލޯގޯ އެވެ. ޖުމްލަ 156 މީހުންގެ ވޯޓާއެކު ފާސްކުރި ލޯގޯގެ ޝިޔާރަކީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
ހިޔާލު