Council inthihaab April 4 ga baavanee
image
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން--
0 ކޮމެންޓް
 

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް ހަތަރެއްގައި ބާއްވަނީ

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު ސީއެންއެމް އަށް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އިންތިހާބު ބޭއްވުމަށް މިިހާރު ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަހަރުގައި އެ ތާރީހު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތާރީހު ބަދަލުވި ނަމަވެސް އަޅުގަނޑުމެން ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ބާއްވާނަން،" އަކްރަމް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވާއިރު ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ. އަދި ކައުންސިލްތަކުގެ އުމުރު މީގެ ކުރިން ގާނޫނުގައި ބުނެފައިވާ ތިން އަހަރުން ފަސް އަހަރަށް ވަނީ ބަދަލު ވެސް ކޮށްފަ އެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ ހަރަދުގެ ގޮތުގައި 56.2 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފަ އެވެ. އެންމެ ފަހުން 2017 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ހަރަދު ކުރީ 46.2 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ބަޖެޓަށް ކުރާ ހަރަދަކީ 10 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ހިޔާލު