Tottenham ge aa coach akah Mourinho hamajassaifi
image
ހޯޒޭ މޮރީނިއޯ-- ފޮޓޯ: ދަ އިންޑެޕެންޑެންޓް
0 ކޮމެންޓް
 

ޓޮޓެންހަމްގެ އާ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

ޓޮޓެންހަމްގެ ކޯޗް މޯރީޝިއޯ ޕޮޗެޓީނޯ މަގާމުން ވަކި ކުރުމަށް ފަހު އެ މަގާމަށް ހޯޒޭ މޮރީނިއޯ އައްޔަނުކޮށްފި އެވެ.
ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކޯޗުކަން ކުރި މޮރީނިއޯ ވަނޯ ޓޮޓެންހަމް އާއެކު 23-2022 ގެ ސީޒަން ނިމެންދެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މޮރީނިއޯ ބުނީ ޓޮޓެންހަމްގެ ކުޅުންތެރިންނާއެކު ކުރިއަށް ދިޔުމަށް އޭނާ ޝައުގުވެރިވާ ކަމަށާއި އެ ސްކޮޑުގެ ކޮލިޓީއާ މެދު އުއްމީދު ބޮޑު ކަމަށެވެ.

އެ ކުލަބުގެ ޗެއާމަން ޑެނިއެލް ލެވީ ބުނެފައި ވަނީ މޮރީނިއޯ އަކީ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށެވެ.

ނިމުނު ސީޒަނުގައި ޓޮޓެންހަމުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް، ލިވަޕޫލް އަތުން ބަލިވެފަ އެވެ. ޕޮޗެޓީނޯގެ ކޯޗުކަމުގެ ދަށުން ޓޮޓެންހަމަށް އެއްވެސް ޓްރޮފީއެއް ލިބިފައެއް ނުވެ އެވެ.

މޮރީނިއޯ ވަނީ ޗެލްސީ އާއެކު ތިން ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް، އެފް އޭ ކަޕް ވެސް ހޯދާފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއެކު އޭނާ ވަނީ ޔޫރޮޕާ ލީގާއި ކަރަބައޯ ކަޕް ގެންގޮސްފަ އެވެ.
ހިޔާލު