Thinadhoo gai higi maaramaree ehgai valhin meehakah hamalaadhee zahamkohlaifi
image
ތިނަދޫ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ތިނަދޫގައި ހިނގި މާރާމާރިއެއްގައި ވަޅިން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ގދ. ތިނަދޫގައި ހިނގި މާރާމާރިއެއްގައި ވަޅިން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ 23:05 ހާއިރު ތިނަދޫގައި 25 އަހަރުގެ ފިރިހެނެއްގެ އަތަށް ދެ މީހަކު ވެގެން ވަޅިން ހަމަލާ ދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން އަނިޔާ ލިބުނު މީހާ ފުލުހުންގެ ވެހިކަލްގައި ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދީފައިވާއިރު އެމީހާގެ ހާލު ރަނަގޅު ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މިމާރާމާރިއާ ގުޅިގެން ތުހުމަތު ކުރެވޭ 32 އަހަރާއި 26 އަހަރުގެ ދެ ފިރިހެނުން ހޯދާ، ރޭ މެންދަމު 12:23 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހިޔާލު