Dharifulhu rapekoh maraali kamahbune firihenehge jinsee gunavan burikohlaifi
image
0 ކޮމެންޓް
 

ދަރިފުޅު ރޭޕްކޮށް މަރާލި ކަމަށްބުނެ ފިރިހެނެއްގެ ޖިންސީ ގުނަވަން ބުރިކޮށްލައިފި

ދަރިފުޅު ރޭޕްކޮށް މަރާލި ކަމަށްބުނެ ފިރިހެނެއްގެ ޖިންސީ ގުނަވަން ބުރިކޮށްލައިފިއެވެ.
މީގެ 3 މަސް ކުރިން ސައުތް އެފްރިކާއަށް ނިސްބަތްވާ އަންހެނަކު އޭނާގެ 5 އަހަރުގެ ދަރިފުޅު ގެއްލިގެން ހޯދަން ފެށިއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ޝެންޓެލްގެ މަންމަ ބުނީ ދަރިފުޅު ރައްޓިއްސެއް ކައިރީ ބަހައްޓާފައި ދައްތައާއި އެކު ފިހާރައަށް ގޮސްއައި އިރު ދަރިފުޅު ގޭގައި ނެތް ކަމަށާއި އޭނާއަށް ގެއަށް އާދެވުނުއިރު ހުރީ އިރު އޮއްސިފައި ކަމަށެވެ.
ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު ފެނިފައިވަނީ ޖެހިގެން އައި ދުވަހު އެމީހުން ދިރިއުޅޭގެ ކައިރީގައި ހުންނަ ފާހާނާ ބަރިއެއްގެ ތެރެއިންނެވެ.

ނޫސް ތަކުން ބުނާ ގޮތުގައި ޝެންޓެލްގެ މަރާއި ގުޅުގެން ތުހުމަތު ކުރެވޭ މީހާ ވަނީ ޑީއެންއޭ ޓެސްޓް ހަދަން ގެންގޮސްފައެވެ. ނަމަވެސް ފުލުހުން އަންގާފައިވަނީ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
އޭގެ މަހެެއް ފަހުން އެކުއްޖާގެ މަންމަ އާއި އިތުރު 2 އަންހެނެއް ވަނީ ޝެންޓެލް މަރާލި ކަމަށް ބުނެ މި ފިރިހެން މީހާއާއި ކުރިމަތިލާ، އޭނާގެ ކުރިމަތި ފަރާތް ބުރި ކޮށްލާފައެވެ.
ކުޑަކުދިން އެފްރިކާ
ހިޔާލު