Caribbean gaumuthakugai siyaasee magaamuthah vihkanee
image
މާއިދާ ރަޝާދު
0 ކޮމެންޓް
 

ކެރީބިއަން ގައުމުތަކުގައި ސިޔާސީ މަގާމުތައް ވިއްކަނީ

ކެރީބިއާގެ ބައެއް ސަރުކާރު ސިޔާސީ މަގާމުތައް ވިއްކާފައިވާކަން އަލް ޖަޒީރާއިން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.
މިގޮތުން ކެރީބިއަން ސަރަހައްދުގައި ހިމެނޭ ޑޮމިނީކާ އަދި ގްރެނާޑާ އަށް ނިސްބަތްވާ ގައުމުތަކުގެ ސިޔާސީ ބޭފުޅުން ސިޔާސީ މަގާމުތައް ވިއްކާކަމަށް އަލްޖަޒީރާއިން ހޯދި ހޯދުންތަކުން ވަނީ ހާމަވެފައެވެ.

މިގޮތުން ޑޮމިނިކާގެ ކުރީގެ ޕްރައިމް މިނިސްޓަރު އޮލިވާ ޝެރިފިން 470،000 (ހަތަރު ލައްކަ ހަތްދިހަ ހާސް) ޑޮލަރަށް ސައުތު އޭޝިއާ ގައުމެއްގެ އެންބެސެޑަރުގެ މަގާމު ވިއްކުމަށް މަސައްކަތް ކުރައްވާފައިވާކަަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ވެސް އެގައުމުތަކުގައި ޑިޕްލޮމެޓިކް ޕާސްޕޯޓު ވެސް ބޮޑެތި އަގުތަކަށް އެގައުމުގެ ސިޔާސީ އިސްވެރިން ތައްޔާރަށް ތިބިކަމަށް އަލްޖަޒީރާގެ ތަހުގީގުން ވަނީ ހާމަވެފައެވެ. އެގޮތުން އަލް ޖަޒީރާއިން ވަނީ އެފަދަ ވީޑިއޯތައް ވެސް ސިއްރުން ނަގައި ލީކް ކޮށްލާފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޑޮމިނިކާގެ އާންމު އިންތިހާބު ވެސް ކައިރިވެފައިވަނިކޮށެވެ. އެ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ރޫޒްވެލްޓް ޝެރިކް ވެސް ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. ނަމަވެސް މި މައްސަލަތައް ފެން މަތިވުމުގެ ސަބަބުން އޭނާ އަލުން އިންތިހާބު ވާން އޮތް ފުރުސަތު މިހާރު ވަނީ ކުޑަވެފައެވެ.
އެފްރިކާ
ހިޔާލު