Rathafandhoo gai hingi maaraamareege dhe massalaehgai 7 meehaku hayyarukoffi
image
ރަތަފަންދޫ -- ފޮޓޯ:މޯލްޑިވްސް ޓައިމްސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރަތަފަންދޫގައި މާރާމާރީގެ ދެ މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކޮށްފި

ގދ. ރަތަފަންދޫގައި ހިނގި މާރާމާރީގެ ދެ މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ރަތަފަންދޫގައި ގުރޫފު މާރާމާރިއެއް ހިނގާފައިވާ ކަމަށެވެ. މި މާރާމާރީގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މީގެއިތުރުން ހޯމަ ދުވަހުވެސް އެރަށުގައި ދެމީހެއްގެ ދެމެދުގައި މާރާމާރިއެއް ހިނގާފައިވާއިރު މިމާރާމާރީގައި އެކަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މާރާމާރީތަކާ ގުޅިގެން ހޯމަ ދުވަހު ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ ދެމީހުންނާއި، 26 އަހަރުގެ މީހެއް އަދި 27 އަހަރުގެ މީހެކެވެ.

މި ދެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ 8 މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ދެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްތްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހަތަރު މީހަކު ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އުމުރުން 20 އަހަރުގެ އެކަކާއި 24 އަހަރުގެ މީހާއަށް ހަތް ދުވަސް ޖަހާފައިވާއިރު 23 އަހަރުގެ މީހާއަށް ހަ ދުވަސް އަދި 20 އަހަރުގެ އަނެއް މީހާއަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ.
ހިޔާލު