Raajje aai Finland aa dhemedhu Air service agreement eh
image
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ރާއްޖެއާއި ފިންލޭންޑާއި ދެމެދު އެއާ ސާވިސް އެގްރީމަންޓެއްގައި ސޮއިކުރަނީ

ރާއްޖެއާއި ފިންލޭންޑާއި ދެމެދު އެއާ ސާވިސް އެގްރީމަންޓެއްގައި ސޮއިކުރަން ނިންމާފައިވާކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން ބުނީ އެގްރީމަންޓުގައި ސޮއިކުރާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ފިންލޭންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިކަމަށެވެ.

އެ އެގްރީމަންޓުގެ ސަބަބުން ވިޔަފާރީގެ ބޭނުންތަކަށް ވައިގެ މަގުން ދިވެހިރާއްޖެެއާއި ފިންލޭންޑާއި ދެމެދު މުދާ ބަދަލުކުރުމުގެ ފުރުސަތު ފަހިވާނެއެވެ. އަދި ދިވެހިންނާއި ފިންލޭންޑު މީހުންނާއި ދެމެދު ގުޅުން ބަދަހިކުރުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އިގްތިސާދީ ގޮތުން ދިވެހިރާއްޖެއާއި ފިންލޭންޑާއި ދެމެދު އޮތް ގުޅުން ވެސް ބަދަހިވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި ފިންލޭންޑުގެ ފޮރިން މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރާއި އަބްދުﷲ ޝާހިދު ބައްދަލުކުރައްވާނެކަމަށެވެ.

ހިޔާލު