Raajje ge Viyafaareege maahaulu Finland ge viyafaari verinnaai hihsaakoffi
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފިންލޭންޑު ވިޔަފާރިވެރިންނާއި އެކު -- ފޮޓޯ / ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން ފިންލެންޑުގެ ވިޔަފާރިވެރިންނަށް މައުލޫމާތުދެއްވައިފި

ރާއްޖޭގައި ހުރި އިންވެސްޓުކުރުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން ފިންލެންޑްގެ ވިޔަފާރިވެރިންނާއެކު ފޮރިން މިނިސްޓަރު މަޝްވަރާކޮށްފިއެވެ.
ރާއްޖެއިން ފިންލޭންޑާއި އެކު މި މަޝްވަރާތަށް ކޮށްފައި މިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފިންލޭންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފިންލެންޑްގެ ޗެމްބަރ އޮފް ކޮމާސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިގްތިސޯދީ ފުރުސަތުތަކުގެ މައުލޫމާތު ފިންލޭންޑްގެ ވިޔަފާރިވެރިންނާއި ހިއްސާކުރައްވާފައެވެ. ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ، އިތުބާރު ހިފޭ ޕްރައިވެޓް ފަރާތްތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ސަރުކާރެއްކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ފިންލޭންޑްގެ ކުންފުނިތަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެފަދަ ހަކަތައަކީ ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު ހަކަތައިގެ ނިޒާމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދުވަނީ އެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅަށްފަހު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިއާދް ހަމީދްވަނީ، ރާއްޖޭގައި އިންވެސްޓުކުރަންވީ ސަބަބުތައް ތަފްސީލްކޮށް، "އިންވެސްޓިން އިން މޯލްޑިވްސް"ގެ ނަމުގައި ހާއްސަ ޕްރެސެންޓޭޝަންއެއް ދެއްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ފިންލޭންޑްގެ ވިޔަފާރިވެރިންވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ.
ހިޔާލު