Male gai meehakah thoonu ehchakun hamalaadhee zaham kohlaifi
image
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
0 ކޮމެންޓް
 

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި

މާލޭގައި މިއަދު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މިހަމަލާ ދީފައިވަނީ މިއަދު މެންދުރު 1:00 ޖަހާ އެހާއިރު ކަމަށެވެ.

މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މާޔާ ކްލިނިކް ހުންނަ ސަރަހައްދުގަ އެވެ.

މިހަމަލާގައި މީހަކު ޒަހަމްވި ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެ އެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި މައްސަލައިގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.
މާރާމާރީ
ހިޔާލު