Adhurey fuluhah haaziruvaan chit fonuvaifi
image
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފައިލް ފޮޓޯ 13 ނިއުސް
ގުފްތަގު އަޖީރު
1 ކޮމެންޓް
 

އަދުރޭ މާދަމާ ރޭ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މާދަމާ ރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހަށް ހާޒިރުވާން ޗިޓު ފޮނިވާފައިވަނީ މާދަމާ ރޭ 20:00 އަށެވެ.

ޕީއެންސީގެ ރައީސް އަދުރޭ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރު ބަހެއް ވިދާޅުވެ އިންޒާރު ދެއްވި މައްސަލައެއް ފުލުހުންނަށް ވަނީ ހުށަަހަޅާފައެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

ޑީޖޭއޭ އިން މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަން އެ ޑިޕާޓްމަންޓުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަބްދުއްރަހީމްގެ މައްސަލައެއް ޑީޖޭއޭ އިން ފުލުހުންނަށް ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމާ އެކު ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވާ ހުތުރު ބަހެއް ބޭނުންކުރެއްވުމަށްފަހު ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.

އަބްދުއްރަހީމް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ރައީސް ޔާމީންގެ މައްޗަށް މިއަދު އިއްވި ފަސް އަހަރުގެ ހުކުމް ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޑީޖޭއޭ އިން ފުލުހުންނަށް ހުށަހެޅި އަބްދުއްރަހީމްގެ މައްސަލައާއި ގުޅިގެން ސުވާލުކުުރުން އަބްދުއްރަހީމް ވަނީ އެ މައްސަލައިގައި އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ރަޝީދަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
ޕީއެންސީ ފުލުހުން
ހިޔާލު

1234

ބަލައިނުގަތީމާ ގެއަށްދެވޭތަ