Bidheyseeaku bidheyseeakah thoonuehchakun hamalaa dheefi
image
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ---ފޮޓޯ:ޖަޒީރާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިއަދު މާރާމާރި ހިނގާފައިވަނީ ދެ ބިދޭސީންގެ ދެމެދުގައި: ފުލުހުން

މިއަދު މާރާމާރި ހިނގާފައިވަނީ ދެ ބިދޭސީންގެ ދެމެދުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މާރާމާރި ހިނގާފައިވަނީ ދެ ބިދޭސީންގެ ދެމެދުގައި ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މާރާމާރި ހިނގުމަށްފަހު އެދެމީހުން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހިނގި މާރާމާރީގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ވެސް ކޮށްލާފައެވެ. ފުލުހުން ބުނީ އެހަމަލާ ދީފައިވަނީ މިއަދު މެންދުރު 1:00 ޖަހާ އެހާއިރު ކަމަށެވެ.

މާރާ މާރީ ހިންގާފައި ވަނީ މާޔާ ކްލިނިކް ހުންނަ ސަރަހައްދުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މާރާމާރީ ފުލުހުން
ހިޔާލު