Hina bollywood ah thaarafvaa film gai eyna fenigendhanee lolah nufenna meehehge role in
image
ހީނާ
0 ކޮމެންޓް
 

ހީނާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގައި އޭނާ ފެނިގެންދަނީ ލޮލަށް ނުފެންނަ މީހެއްގެ ރޯލުން

ހީނާ ހާން ބޮލީވުޑަށް ތައާރަފްވާ ފިލްމުގައި އޭނާ ފެނިގެންދަނީ ލޮލަށް ނުފެންނަ މީހެއްގެ ރޯލުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ހީނާގެ ކުރިއަށް އޮތް ފިލްމު "ހެކްޑް"ގެ ޝޫޓިން މިހާރު ނިންމާލާފައިވާއިރު އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފިލްމުގައި ހީނާ ފެނިގެންދާނީ ލޮލުން ފެނުމުން މަހުރޫމު ވެފައިވާ މީހެއްގެ ރޯލުންނެވެ.

މިއީ ހީނާގެ ސަޕޯޓަރުން އެފިލްމު ބަލަން ކެތްމަދުވެފައިވާ އެއް ސަބަބުވެސް މެއެވެ.

ހުސައިން ހާން ޑައިރެކްޓުކުރާ މިފިލްމަކީ ރާހަތު ކަޒްމީ އާއި ތާރިގް ހާން އަދި ޒެބާ ސާޖިދު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ދުވަހު އެވެ.

ޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

މިޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ހިޔާލު