Raees Yameen minivan vandhen madhanee basneyhumahakah dhaan govaalaifi
image
އަބްދުﷲ ޔާމީން
3 ކޮމެންޓް
 

ރައީސް ޔާމީން މިނިވަން ވަންދެން މަދަނީ ބަސް ނޭހުމަކަށް ދާން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަންދެން މަދަނީ ބަސްނޭހުމަކަށް ދިއުމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ގޮވާލައްވައިފި އެވެ.
ޕީޕީއެމް ޕީއެންސީ ކައުންސިލް މެމްބަރުން ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން މަގުމައްޗަށް ނިކުންނަންޖެހޭ ކަމަށެވެ.

މާދަމާއިން ފެށިގެން މުޒާހަރާތައް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، މަދަނީ ބަސްނޭހުމަކަށް ދާޏްޖެހޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.

އަދި ސުޖާއު ވަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތިބި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ރަށްރަށުގައި ވެސް މުޒާހަރާ ކުރިއަށް ގެންދިއުމަށް އެދި ގޮވާލާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެމަނިކުފާނު ފަނީ 5 މިލިއަން ޑޮރަލުން ޖުރިމަނާވެސް ކޮށްފައެވެ.
ހިޔާލު

އާރަށް

މަށައް ހީވަނި މިސޮރު ވެސް މިއުޅެނި ބޮނޑިއެއް ބޯންހެން ރީތިކޮން މަޑުން ބަސްއަހާގެން ހުންނައް ނޭގޭނަމަ މާ ލަހެއްނުވެ އެ ގޮޅިއަށް ވަންނަން ޖެހިދާނެ ދެން ހުރި ވާހަކަތައް ކިޔާދޭކަށް މަށަކުވާ ނެތިން މަމެން އަޑުއެހިން މީނަވެސް ތީ އެ ޑލރ ގޯނި ދެން މަމިހުރީ ހަނު

ޚުބުޅިބެ

ހަހަ އަވަހަށް ނުކުމޭ އެތަކެއް ލައްކަ ސަޕޯޓަރުން ނުނުކުމެ އެތިބީ ހަމަ ޝުޖާ އެކަމަށް ގޮވާނުލައިގެން މަގުތައް ފުރާލަންތަން ބަލަން މިތިބީ

ނަރެލް

ވަގުންގެ ދިފާއުގަ ކިތައްމީހުންގޮވައިގެން ނުކުންނަން ކަމަށްތަ ތިޔަ ވިސްނުންހުރީ އެމްޑީޕީ ހަތްއަހަރުވަންދެން މަގުމަތީ ތިއްބަސް ގަނޑުވަރުތެރޭ ޕާޓީގަ އެހާހިތްވަރުހުރި މީހުންނެއް ނުތިބޭނެ މާގައްޑާވާން ނޫޅޭ