Idhikolhu muzahara in 5 meehaku hayyarukohffi
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އިދިކޮޅު މުޒާހަރާއިން ފަސް މީހުން ހައްޔަރު ކޮށްފި

މިރޭ ޕްރޮގްރެސިވް ކޯލިޝަނުން މުރިއަށް ގެންދިޔަ މުޒާހަރާގެތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ އިތުރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ،
ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާގައި އިދިކޮޅު ކޯލިޝަނުގެ ތިން މެންބަރަކުވެސް ހައްޔަރުކުރިއެވެ، އެއީ، މުހައްމަދު ލަތީފު، އިބްރާހިމް ފައިސްއާއި އަބްދުﷲ މުހައްމަދެވެ. މި ބޭފުޅުންގެ އިތުރުން ހައްޔަރު ކުރީ ކުރީގެ މަގްލިސް މެންބަރު މުހައްމަދު އިސްމާއިލްއެވެ.

އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ އެ ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދުވުމުން ނިންމައިގެން ކުރިއަށް ގެންދިޔަ އެއްވުމެއްކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލަށްލާފައިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވުމާގުޅިގެންނެވެ. އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.

ހިޔާލު