Umar ah thuhumathu kuraa corruptionge massalaeh ACC in balanee
image
އުމަރު ނަސީރު
1 ކޮމެންޓް
 

އުމަރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަނީ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުން ގެންދަނީ އުމަރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކުށްވެރިންގެ ފައިގެ ޓެގް އެޅުވުމަށްޓަކައި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ޓެގް ގެނައި ކަމަށް ބުނާ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ އެވެ.

ުއުމަރުގެ މިމައްސަލަ އޭސީސީން ބަލަމުންދާ ކަން އެ ކޮމިޝަނުން ވަނީ ސީއެންއެމްއަށް ޔަގީންކޮށްދީފަ އެވެ.

އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައި ނުރައްކާތެރި ކުށްވެރިންތަކެއްގެ ފައިގައި ޓެގް އެޅުވި އެެވެ.

މިމައްސަލަ އެ ދުވަސްވަރު ވެސް ފެންމަތިވި އެވެ. އެހެންކަމުން އޭސީސީން ބަލަމުން ގެންދަނީ ޓެގް ގެނައުމަށް ހަވާލުކުރި ކުންފުންޏަށް މިމަސައްކަތް ހަވާލުކުރުމުގައި އުމަރު ނުފޫޒު ފޯރުވާފައިވާ މިންވަރެއް ކަމަށް މައުލޫމާތު ލިބެ އެެވެ.

ކުށްވެރިން ފައިގައި ޓެގް އެޅުވުމަށް ބޭނުންވާ ޓެގް ގެނައުމަށް ހަވާލުކުރި ކުންފުންޏެއްގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއްް ނުވެ އެވެ. އަދި މިމަސައްކަތަށް ސަރުކާރުން ހަރަދުކުރި ވަރެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކުށްވެރިން ފައިގައި ޓެގް އަޅުވައިގެން އެމީހުންގެ އަމަލުތަކަށް ފާރަވެރިވަމުން ދިޔައީ ފުލުހުންގެ އިދާރާގައި މިކަމަށްޓަކައި ގާއިމުކުރި ސިސްޓަމެއްގެ ތެރެއިންނެވެ.

މިމައްސަލައާއި ގުޅިގެން އުމަރު މިއަދު ވިދާޅުވީ މިމައްސަލަ އަކީ ނިމިދިޔަ ސަރުކާރުން ވެސް ބަލާފައި އޮތް މައްސަލައެއް ކަމަށެވެ. ޓެގް ގެންނަން ހަވާލުކުރީ އެންމެ ކުޑަ ބީލަން ހުށަހެޅި ކުންފުންޏަށް ކަމަށާއި މިމަސައްކަތް ހަވާލުކުރުމުގެ އޭސީސީއަށް ލިޔެ ހުއްދަ ހޯދި ކަމަށްވެސް ވިދާޅުވި އެވެ.

"އެވޯޑް ކުރެވުނީ އަޅުގަނޑުގެ ކުންފުންޏަކަށް ނޫން. އަދި އަޅުގަނޑުގެ އަތްބެއް، ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް ނޫން. އަޅުގަނޑުގެ ވަޒީރު ކަމުގައި އަޅުގަނޑުގެ ނުވަތަ އަތްބެއް ދަރިއެއްގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއް ހޯމް މިނިސްޓްރީގެ އެއްވެސް ބިޑަކަށް ކުރިމަތިލާފައެއް ނުވާނެ. އެކަން ރެކޯޑްތަކުން ފެންނަން ހުންނާނެ. މިއީ 'ހުދުވަލުގެ ޓީމު'ގެ ސިޔާސަތުތައް،" އުމަރު ވިދާޅުވި އެވެ.
އޭސީސީ އުމަރު
ހިޔާލު

ސސ

އއުމަރު ރައީސުކަމަށް ވާދަ ކުރާތީ ވާގޮތެއްބާ !