Miadhun feshigen Inzaaruge Photo nujahaa Dhunfathuge baavaiythah vihkun manaa!
image
ސިނގިރޭޓް ފޮށީގެ ބޭރުގައި ޖަހަން ޖެހޭ އިންޒާރު
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މިއަދުން ފެށިގެން އިންޒާރުގެ ފޮޓޯ ނުޖަހައި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ!

މިއަދުން ފެށިގެން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ދުންފަތާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ވަނީ ވަކިވަކި ސިނގިރޭޓާއި ބިޑި ވިއްކުން ވެސް މަނާކޮށްފަ އެވެ. އަދި މިއަހަރުގެ ޖޫން މަހުގެ 31 ވަނަ ދުވަހު ވަނީ ރާއްޖޭގައި އުފައްދާ، ބަންދުކުރާ، އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތާއި، ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ޖަހަން ޖެހޭ ގޮތް ހަދާފަ އެވެ.

މީގެއިތުރުން ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައިވާ ޕެކެޓެއް ނުވަތަ ކާޓަނެއްގައި އިންޒާރުގެ ފޮޓޯ އާއި ލިޔުން އޮންނަން ވާނީ އެޕެކެޓެއްގެ ނުވަތަ ކާޓަނެއްގެ އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅާފައިވާ ކޮންމެ ބައެއްގެ، ޖުމްލަ ބޮޑުމިނުގެ 90 އިންސައްތައަށް ވުރެ ކުޑަ ނުވާނެ ވަރަކަށެވެ.

މާލޭގެ މަގުތަކުގައި ދުންފަތު އިސްތިއުމާލް ކުރުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ވެސް ވަނީ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުމަށް ގަރާރެއް ފާސްކޮށްފަ އެވެ. މިގަރާރަށް އަމަލުކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އެވްރެޖު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް 460 މިލިއަން ސިނގިރޭޓް އިމްޕޯޓް ކުރެ އެވެ. އެއީ އަހަރަކު 1.6 ބިލިއަން ރުފިޔާ އެވެ.

އެޗްޕީއޭ އިން ބުނާ ގޮތުގައި ރާއްޖޭގެ އާބާދީގެ 35 އިންސައްތަ ފިރިހެނުން އަދި ތިނެއް އިންސައްތަ އަންހެނުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނެވެ.
އެޗްޕީއޭ ސިނގިރޭޓް
ހިޔާލު