Idhikolhu muzaaharaainn 7 meehaku hayyaru kohffi
image
ފޮޓޯ: ޕީޕީއެމް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އިދިކޮޅު މުޒާހަރާއިން ހަތް މީހުން ހައްޔަރު ކޮށްފި

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ އެއްވުމުގެ ތެރެއިން ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ސްޕޯކްސްޕާސަން ހީނާ ވަލީދް ވިދާޅުވެފައިވަނީ އެ އެއްވުމުގެ ތެރެއިން ދެޕާޓީ އަށް ނިސްބަތްވާ ހަތް ކައުންސިލް މެމްބަރަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

ހީނާ ވިދާޅުވީ ހައްޔަރުކޮށްފައިވައިވާ ފަރާތްތަކުގެ ތެރޭގައި، ކައުންސިލް މެމްބަރު މުހައްމަދު ނަބީލް އާއި ޝަހީދް އިބްރާހިމްގެ އިތުރުން އަހުމަދު ހަމްދާން އިމެނޭކަމަށެވެ. އަދި އޭގެ ތެރޭގައި ކައުންސިލް މެމްބަރު މުހައްމަދު އަބްދުﷲ (މަދަނީ އަބްދުﷲ)ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތު ދީފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ މުޒާހަރާ މިރޭ ކުރިއަށް ގެންގޮސްފައިވާ އިރު، މުޒާހަރާގެ ބައިވެރިން އަންނަނބީ މާލޭގެ އެކިމަގުތައި ހިނގާ ޝުއޫރުފާޅު ކުރަމުން ނެވެ. އިހްތިޖާޖު ކުރަމުންދާ ބޭފުޅުން އަންނަނީ ރައީސް ޔާމީން މިހިނދުން މިހިނދަށް ދޫކޮށްލުމަށް ގޮވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.
ހިޔާލު