Aammunnah Nasheed aa suvaalu kurumuge furusathu hulhuvaalaifi
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ސާޔާ އަހްމަދު
1 ކޮމެންޓް
 

އާއްމުންނަށް ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެކަމަށް ހާއްސަ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ 09:00 ގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ސްޓޫޑިއޯ ގައި އޮންނާނެ ކަމަށެވެ.

"އާސްކް ސްޕީކާ" ނަމުގައި ބާއްވާ ޕްރޮގްރާމުގައި ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާ ސުވާލުތަކަށް ނަޝީދު ޖަވާބު ދެއްވާނެ އެވެ. ހުރިހާ ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޕްރޮގްރާމް ވަގުތުން ދައްކާނެ އެވެ.

ނަޝީދާ ކުރުމަށް ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ވީޑިއޯ މެދުވެރިކޮށް ނުވަތަ މެސެޖު މެދުވެރިކޮށް ވެސް ސުވާލު ފޮނުވޭނެ އެވެ. އޭގެ އިތުރުން ފޯނު މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން އެ ފަރާތެއްގެ ނަމާއި ކުރަން ބޭނުންވާ ސުވާލު އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވުމަށް މަޖިލީހުން އެދެ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރާއިރު #AskSpeaker ހޭޝްޓެގް ބޭނުން ކުރުމަށް ވެސް މަޖިލީހުން އެދެ އެވެ.

މަޖިލީހުގެ އިދާރާ އާއި ޕީއެސްއެމް ގުޅިގެން ބާއްވާ އެ ޕްރޮގްރާމަކީ އާއްމުކޮށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ.
ހިޔާލު

މުހަމަދު ނިޔާޒު ފ. މާތޮޑާ

ތިއުލެނީ ކޮއމެވެސބަޔކު މަޅީ ގަޖައސަން
ޢެސެސ މެނޓެއ ހަދަން.