Idhikolhu memberun majlis gai miadhu ihuthijaaju nukurey! mivee kihineh?
image
އަބްދުﷲ ޔާމީން
4 ކޮމެންޓް
 

އިދިކޮޅު މެމްބަރުން މަޖިލީހުގައި މިއަދު އިހުތިޖާޖް ނުކުރޭ! މިވީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެކަމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕާޓީތަކުން އަންނަނީ މުޒާހަރާ ކުރަމުން ނެވެ.
ރައީސް ޔާމީން މިނިވަން ކުރަންދެން މަދަނީ ބަސްނޭހުމަކަށް ދިއުމަށް އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން ގޮވާލެއްވި އިރު ކޮންމެ ރެޔަކުވެސް އިދިކޮޅު މެމްބަރުން އަންނަނީ މާލޭގެ އެކި ސަރަހައްދު ތަކުގައި މުޒާހަރާ ކުރަމުންނެވެ. އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ވިދާޅުވެ ފައިވަނީ ރައީސް ޔާމީން މިނިވަން ކުރަންދެން އެބޭފުޅުންވެސް މަޖިލީހުގައި މުޒާހަރާ ކުރާނެ ކަމަށެވެ.

އެގޮތުން އިއްޔެ ބޭއްވި މަޖިލީހުގައި އެ މެމްބަރުންވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ކުރައްވާފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ހަތަރު ވަރަކަށް މެމްބަރުން ވަނީ، މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވާ ކޮންމެ މެންބަރެއްގެ އަރިހަށް ވަޑައިގެން އެ މެންބަރެއްގެ ވަށައި ތިއްބަވައިގެން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައްވަމުންނެވެ.

އެހެންނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދާއިރު، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ ހިލަމެއް ނުވެ އެވެ. އަދި އެބޭފުޅުން ކޮންމެ ދުހަކު ކުރައްވާނެ ކަމަށ ްވިދާޅުވި އިހުތިޖާޖް މިއަދު ކުރައްވާފަ އެއް ނުވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހިޔާލު

އަހުމަދު

މިއަދު އެމީހުންގެ ރެސްޓް ދުވަސް ދެން ކޮންމެ ދުވަހަކު ހަމަ އޮންނާނެ.... އހުތިޖާޖު. ކުރުން....

އަލީރާޖާ

އެވީ ގޮތަކީ ހޭނުލެވުނީ. މިހާރު ހޭލެވުނީމާ އެތިބީ ހަޅޭއްލަވަން އައިސް.

ާއަހުމަދު މަނިކު

އެބޭފުޅުން މަޖްލީހަށް ހޮ އްވަވާފަަ އިތިބީކީ މަޖްލީހުގަ އި އިހުތިޖާޖް ކުރާކަންނޫން. ރަ އްޔިތުންނަށް ކަންކަން މަގުފަހިކޮށް ދާ އިރާ ތަރަ އްްްޤީ ކުރުމަށް މަސަ އްކަތް ކުރެ އްވުމަން.

ޓިނު

ތިވާނީ އޮޅުމަކަށް އެމީހުން ތިކަމެއް ނުކުރާނެ ؟