Leonardo aai eynage loabiveriyaa aa dhemedhu 23 aharuge umuruge thafaathu!
image
ލިއޮނާޑޯ އާއ ކެމިލާ--
0 ކޮމެންޓް
 

ލިއޮނާޑޯ އާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު 23 އަހަރުގެ އުމުރުގެ ތަފާތު!

ހޮލީވުޑުގެ އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ އާއި އޭނާގެ ލޯބިވެރިޔާ ކެމިލާ މޮންރޯއާ ދެމެދު އުމުރުގެ ތަފާތު ވަރަށް ބޮޑެވެ.
ތޭވީސް އަހަރުގެ ތަފާތު ހުރި ނަމަވެސް އެއީ މައްސަލައެއް ކަމަށް އެމީހުން ނުދެކެ އެވެ. ކެމިލާއަށް ދާދި ފަހުން 22 އަހަރު ފުރިފައި ވާއިރު، ލިއޮނާޑޯގެ އުމުރަކީ 45 އަހަރެވެ.

އުމުރުގެ ތަފާތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކެމިލާ ބުނީ ހޮލީވުޑުގައި އެއީ މައްސަލައެއް ނޫން ކަމަށާއި، ދުނިޔޭގެ އެތަން މިތަނުގައި ވެސް އުމުރުގެ ތަފާތު ބޮޑު އެކަމަކު ކައިވެނިކޮށްގެން އުޅޭ ގިނަ ބަޔަކު އުޅޭ ކަމަށެވެ.

އޭގެ އިތުރުން ލޯބިވާނަމަ އުމުރުގެ ތަފާތު ކިތައްމެ ބޮޑު ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ކެމިލާ ވަނީ ބުނެފަ އެވެ.

ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ލިއޮނާޑޯ އާއި ކެމިލާގެ ގުޅުމުގެ ވާހަކަ ވަރަށް ގިނައިން މީޑިއާގެ ސުރުހީތަކަށް އަރަ އެވެ.

ކުރިން މޮޑެލްކަން ކުރި ކެމިލާ މިހާރު ވަނީ އެކްޓިންގެ ދުނިޔެއަށް ނިކުމެފަ އެވެ. އޭނާގެ ފިލްމު "މިކީ އެންޑް ދަ ބެއާ" ދާދި ފަހުން ވަނީ ނެރިފަ އެވެ.

ކެމިލާ ބުނީ އޭނާއަށް މަޝްހޫރުކަން ލިބެނީ ލިއޮނާޑޯގެ ސަބަބުން ކަމަށް ބައެއް ފަހަރު ހީވާ ކަމަށާއި، އެކަން އެގޮތަށް ވާތީ އުނދަގޫވާ ކަމަށެވެ.
ހޮލީވުޑް
ހިޔާލު