Hulhumalega zahamthakakaaeku ehlaalaafai oi meehaku fenihje
image
ނަސްރުﷲ މުހައްމަދު
1 ކޮމެންޓް
 

ހުޅުމާލޭގައި ޒަހަމްތަކަކާއެކު އެއްލާލާފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގައި ޒަހަމްތަކަކާއެކު އެއްލާލާފައި އޮތް މީހަކު ފެނިއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯއިން ފެންނަނީ ފިރިހެނެއް ޒަހަމްތަކަކާއެކު މަގުމަތީގައި އޮއްވައެވެ.

އޭނާގެ ވަށައިގެން ލޭކޯރު ހެދިފައިވާމަންޒަރުވެސް ފޮޓޯއިން ފެނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ ޓެކްސީ ޑްރައިވަރެކެވެ.

ފުލުހުން ބުނީ ޒަހަމްތަކާއެކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު މިރޭ 21:07 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ސީން އަށް އެޓެންޑު ވެ އެމީހާ އެމީހާ އެންބިއުލާންސްގައި ހުޅުމާލޭ ހޮސްޕިޓަލްއަށް ގެންގޮސްފައިވާކަމަށާއި، އެނާ މަރުވިކަމަށް މައުލޫމާތު ލިބިފައިވަނީ 21:50 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާރާމާރީ ފުލުހުން
ހިޔާލު

އިބޫ

ވަޅި މޫސުން ފެށުނީ ދޯ