Hulhumale gai zahamthakakaaeku ehlaalaafai oiy meehaa maruvejje
image
މަރުވި މީހާއަށް ހަމަލާދީފައި--
0 ކޮމެންޓް
 

ހުޅުމާލޭގައި ޒަހަމްތަކަކާއެކު އެއްލާލާފައި އޮތް މީހާ މަރުވެއްޖެ

ހުޅުމާލޭގައި ޒަހަމްތަކަކާއެކު އެއްލާލާފައި އޮތް މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި، ހުޅުމާލޭ ހިތިމަގުގައި ޒަހަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިރޭ 21:07 ހާއިރު ކަމަށެވެ. އަދި އެތަނަށް ފުލުހުން ގޮސް، އެމީހާ އެމްބިއުލާންސްގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާގެ ކަރަށް ތޫނު އެއްޗަކުން ގްރޫޕް ހަމަލާދީފައި ވަނީ ގްރޫޕް ހަދާފައި އައި ބައެކެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި މަރުވެފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކަމަކު އެއީ ކާކުކަން އަދި ސާފެއް ނުވެ އެވެ.
ހިޔާލު