Naibu raees Thiruvananthapuram gai hunna dhivehi Consulate ah ziyaaraai kurahvvaifi
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ނައިބުރައީސް ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިޔާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތް ކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ.
ނައިބު ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތް ކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާއިރު، ކޮންސިއުލޭޓުން ދިވެހިންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ހޯއްދަވައި އެތަނުގެ އިސްވެރިންނާ މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިޔާއަށް ވަޑައިގެންފައިވަނީ، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި އެޤައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ހިޔާލު