Majlis membarunge vafudheh India ah furaifi
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީބާ އަބްދުﷲ އެއާޕޯޓުގައި-- ފޮޓޯ: މަޖިލިސް
ސާޔާ އަހްމަދު
0 ކޮމެންޓް
 

މަޖިލިސް މެމްބަރުންގެ ވަފުދެއް އިންޑިއާއަށް ފުރައިފި

ރައްޔިތުންގެ މަޖިލީހުގެ 15 މެމްބަރުންގެ ވަފުދެއް ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
އެ ވަފުދުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ވަފުދުގައި މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި މިއީ މިއަދުން ފެށިގެން މި މަހުގެ 13 އާ ހަމައަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރެކެވެ.



އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި، ރައީސް ނަޝީދު ވިދާޅުވީ މި ދަތުރުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލިހާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުމެވެ. އެގޮތުން ދެ ފަރާތުން ވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މީގެ އިތުރުން ދެ ފަރާތުން ވެސް ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވާ މަގުފަހި ކުރުމަށް ވެސް މަގުފަހިވެގެން ދާނެ،" އެއްބަސްވުމުން ލިބިގެން ދާނެ ކުރިއެރުންތައް ހިއްސާ ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ދާދި ފަހުން ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ހިޔާލު