PG offihakee adhuluverithanakah hadhaanan: Shameem
image
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ޕީޖީ އޮފީހަކީ އަދުލުވެރިތަނަކަށް ހަދާނަން: ޝަމީމް

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ) އަކީ އަދުލުވެރިތަނަކަށް ހަދާނެކަމަށް އައު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއެޖެއެވެ.
މަގާމުގެ ފަތްކޮޅާއި ހަވާލުވުމަށްފަހު މިރޭ ޝަމީމް ވިދާޅުވީ، އޭނާއަށް އިތުބާރު ކުރެއްވީތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

"74 މެންބަރުންގެ ވޯޓަކީ ސީރިއަސް ނަންބަރެއް. އަޅުގަނޑަށް ވީއެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން. އަޅުގަނޑުގެ އުންމީދަކީ ޕީޖީ އޮފީހަކީ ބަރޯސާވެވޭ، ހަރުދަނާ އަދި އަދުލުވެރިތަނަކަށް ހެދުން،" ޝަމީމް ވިދާޅުވިއެވެ.

ޕީޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޝަމީމްއާ އެކުގައި އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅުގައި ވަނީ ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޕީޖީ ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދިނީ ޑިސެންބަރު ހަތް ވަނަ ދުވަހުއެވެ.
ޕީޖީ ޝަމީމް
ހިޔާލު