Maalihyathu gavaaidhu othee corruption ah magufahivaagothah: ACC
image
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

މާލިއްޔަތު ގަވާއިދު މިހާރު އޮތް ގޮތުން ކަރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

މާލިއްޔަތު ގަވާއިދު އިސްލާހު ކުރަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީން) އިން ގިނަ ލަފާތަކެއް ދީފިއެވެ.
އެ ކޮމިޝަނުން މާލިއްތަތު ގާނޫނާއި ގުޅޭގޮތުން އެސެސްމަންޓެއް ހެދުމަށް ފަހު ބުނެފައިވަނީ މިހާރު އެ ގާނޫނުގައި އޮތް ގިނަ ކަންތައްތަކެއް ބަދަލުކޮށް އައު އިސްލާހުތަކެއް ގެންނަންޖެހޭކަމަށެވެ.

އެގޮތުން 2017 ވަނަ އެ ގާނޫނު އިސްލާހުކޮށް ބިޑު ނުކޮށް ދައުލަތުގެ ޕްރޮޖެކްޓުތައް ދެވޭގޮތައް އޮތް މާއްދާ އުވާލުމަށް ވެސް އެ ކޮމިޝަނުން ވަނީ ލަފާދީފައެވެ.

އޭރު މާލިއްޔަތު ގަވައިދަށް އޭރު ގެނައި އިސްލާހުގައި ބުނެފައިވަނީ ފިނޭންސް މިނިސްޓަރަށާއި ނޭޝަލް ޓެންޑާ ބޯޑު އަދި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ބީލަމަށް ހުޅުވާނުލައި މަސައްކަތް ހަވާލުކުރެވޭނެ ހާލަތްތަކެއް އޮންނަކަމަށެވެ.

"އެ އިސްލާހުގެ ދަށުން ބައެއް މަސައްކަތްތައް ހަވާލު ކުރެވޭ ކުންފުނީގެ އަސްލީ މަސައްކަތުގެތެރޭގައި ހިމެނޭ ބާވަތުގެ މަސައްކަތެއްތޯ ބެލުމަކާނުލައި، ހަވާލުކުރެވޭ މަސައްކަތް އެ ކުންފުންޏަށް ނުކުރެވުމުގެ ސަބަބުން، އެ ކުންފުނިތަކުން އެ މަސައްކަތް ތިންވަނަ ފަރާތަކަށް ހަވާލުކުރާކަން ފާހަގަވޭ. އަދި އެގޮތަށް ތިން ވަނަ ފަރާތަކާ ހަވާލު ކުރަނީ އާންމުކޮށް ބީލަށް ހުޅުވާ ނުލައި، ޕްރޮކުއުމަޓް އުސޫލުތަކާ ހިލާފަށް ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމަށް" އޭސީސީން ހެދި އެސެސްމަންޓުގައި ބުނެފައިވެއވެ.

އެހެންކަމުން އެކަންތައްތަކަށް ރިއާޔަތްކޮށް، އޭސީސީން އެދިފައިވަނީ، މާލިއްޔަތު ގަވައިދުގެ 10.27 މާއްދާ އުވާލައި، އެ މާއްދާގައި ހިމެނޭ މަފްހޫމުތައް ހިމެނޭ ގޮތަށް އެ ގަވައިދަށް އިސްލާހު ގެނައުމަށެވެ.

ބީލަންކުރުމުގައި ވާދަވެރި، ދެފުށްފެންނަ، ހާމަކަންބޮޑު، ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހިމެނުނަން ވަނީ ލަފާދީފައެވެ.
އޭސީސީ
ހިޔާލު

ހހަަ

އޭސީސީގެ މުވައްޒަ ފުންގެ އިންޓަގްރީޓީ ރަނގަޅުތޯ މިހާރުވަނީ ބަލަން ޖެހި ފަ. ވަކި ބަޔަކު ބުނީތީ ވަކިކަމެއް ކުރަން ޖެހޭތީ އުޅޭހެންވެސް ހީވޭ.ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން މިކަމަށް ފާރަވެރިވުން ރަނގަޅު.