Qasim ge maruge thahugeegah ithuru kurierumeh nulibey: fuluhun
image
ގާސިމަށް ހަމަލާދިން ސަރަހައްދު--
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޤާސިމްގެ މަރުގެ ތަހުގީގަށް އިތުރު ކުރިއެރުމެއް ނުލިބޭ: ފުލުހުން

މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުމެއް ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުމެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ މަރު ހިނގި ސަރަހައްދާއި އިތުރަށް ބަލަން ޖެހޭ ތަންތަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މަރުގެ މައްސަލައާ ގުޅޭ ސީސީޓީވީ ފޫޓެޖްތައް އަދިވެސް ބަލަމުން އަންނަ ކަމަށާއި، ތަހުގީގު ކުރިއަށް ދާތީ އެކަމުގެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ރޭ މަރާލާފައި ވަނީ އުމުރުން 59 އަހަރުގެ އދ. މާމިގިއްޔަށް ނިސްބަތްވާ ގާސިމު ހަސަނެވެ. އޭނާ މަރާލާފައި ވަނީ މާލެއިން ހުޅުމާލެއަށް ޓެކްސީ ދަތުރެއް ނަގައިގެން ގޮސް އުޅެނިކޮށެވެ.

ޤާސިމްގެ މަރަށް ހަތަރު ދުވަސް ވެފައިވާއިރު، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކޮށް އޮތުމުން ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހިޔާލު