Hadhiyaa akah libunu carpet eh Shahid ge ah gendhevi massalla eh ACC ah
image
މިނިސްޓަރު ޝާހިދު މޮރޮކޯއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ / ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ހަދިޔާއަކަށް ލިބުނު ކާޕެޓެއް ޝާހިދުގެ ގެއަށް ގެންދެވި މައްސަލައެއް އޭސީސީއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ގައުމުގެ ބޮޑުވަޒީރު ޑރ. ސާދު، ޝާހިދަށް ދެއްވި އަގުބޮޑު ކާޕެޓުތަކެއް މިނިސްޓަރު ގެޔަށް ގެންދެވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝާހިދުއާ ގުޅޭ ގޮތުން އޭސީސީއަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގެންފައިވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލައަކީ ބަލަންޖެހޭ މައްސަލައެއްތޯ އަދި ނިންމާފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނަނީ މޮރޮކޯ އިން ލިބުނު ކާޕެޓު ފޮރިން މިނިސްޓްރީއާ ހަވާލު ނުކުރައްވާ، ޝާހިދު އެ ކާޕެޓު ގެއަށް ގެންދަވާފައިވާ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 16ވަނަ މާއްދާގެ ދައުލަތުން ކަމަކަށް އެދިގެންއުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމަކާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެނަމަ، ލަސްނުކޮށް އެ އެއްޗެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުން ކަ ނޑައަޅާ ފަރާތަކަށް ރައްދުކުރަން ވާނެ ކަމަށެވެ.

ހިޔާލު