India - Raajje joint commission bahdhaluvumah minister Shahidh India ah
image
ފޮޓޯ: ފޮރިން މިނިސްޓްރީ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އިންޑިއާ–ރާއްޖެ ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް

އިންޑިއާ – ރާއްޖެ ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އިންޑިއާ–ރާއްޖެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ އެވެ.

އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުމަށް ރާއްޖޭ އާއި އިންޑިއާ އާއި ދެމެދު ޖޮއިންޓް ކޮމިޝަނެއް އުފައްދާފައިވަނީ 1986 ވަނަ އަހަރު އެވެ.

ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު މާލޭ ގައެވެ.
ހިޔާލު