Idhikolhu ehvunthakun leadership beyfulhun nufeney!
image
ފޮޓޯ: ޕީޕީއެމް
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

އިދިކޮޅު އެއްވުންތަކުން ލީޑާޝިޕް ބޭފުޅުން ނުފެނޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ އެކު އިދިކޮޅު ކޯލިޝަނުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ އެއްވުންތަކެއް ކޮންމެ ރެއަކުވެސް ބާއްވަން ފަށާފަ އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގުޅިގެން ކުރިއަށް ގެންދާ މި އެއްވުންތައް އާންމު ގޮތެއްގައި ކުރިއަށް ގެންދަނީ ޕީޕީއެމް އޮފީސް ކުރިމަތީގަ އެވެ.
އިދިކޮޅު އެެއްވުންތަކުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެމަނިކުފާނަށް ތާއީދު ކުރާ އާންމުން އަޑު އުފުލާއިރު، އެތަން ފަޅުކަމަށް ދައްކަނީ އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ނެތުމުންނެވެ. އާންމު ރައްޔިތުންނާ އެކު ރައީސް ޔާމީންގެ ދިފާއުގައި އަޑު އުފުލާ ހަރުދަނާ ސިޔާސީ ވާހަކައެއް ދައްކާނޭ އިސްބޭފުޅަކު ފެންނަން ނެތީތީ އެވެ.

އެގޮތުން އިދިކޮޅު ކޯލިޝަނުން ބުދަ ދަވަހުގެ ރޭ ކުރިއަށް ގެންދިޔަ އެއްވުމުގައި ލީޑާޝިޕްގެ ބޭފުޅަކު ފެންނާކަން ނެތެވެ. ބުދަ ދުވަހުގެ ރޭގެ އެއްވުމުގައި ވެސް ރައްޔިތުންނަށް ދެކެފަރިތަ މޫނަކަށް ފެންނަން ހުރީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އެކަންޏެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ކެބިނެޓްގައި އިންނެވި ބޭފުޅެއް، ނުވަތަ މަޖިލީހުގެ ކުރީގެ މެމްބަރެއް އަދި މިހާރުގެ މަޖިލީހުގެ މެމްބަރަކުވެސް ފެންނާކަށް ނެތެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ އެކި ބޭފުޅުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެއްވުންތަކުގައި ފުރަތަމަ ދުވަސްކޮޅު ފެނުނެވެ. އެހެންނަމަވެސް މިހާރު އެމަންޒަރު އެގޮތަށް ފެންނަ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި އެބޭފުޅުން މިހާރު ފެންނަނީ ފިނި ކޮޓަރި ތަކުގައި ކުރިއަށްދާ ސިއްރު ބައްދަލުވުންތަކުންނެވެ. އޮފީހުގައި ދެއްވާ ޕްރެސް ކޮންފަރެންސްތަކުން ވެސް އެބޭފުޅުން ފެނެ އެވެ. އެހެންނަމަވެސް ރައްޔިތުންނާ އެކު، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މަގުމަތީ ހަރަކާތްތަކުން އެބޭފުޅުންގެ ހިލަމެއް ނުވެ އެވެ.
ހިޔާލު

އަހުމަދު

އެބޭ ފުޅުން ހަމަ ރައީސް ޔާމީން އާއި އެކު.... މުހިންމު ވަޤުތު ތިއްބަވާނެ...؟
..