Project thah avaskurumaa gulheygothun India aaieku mashvaraa kohfi
image
ފޮޓޯ: ފޮރިން މިނިސްޓްރީ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޕްރޮޖެކްޓްތައް އަވަސްކުރުމަށް އިންޑިއާ އާއި އެކު މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާ އާއި ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ އެކި ޕްރޮޖެކްޓްތައް އަވަސް ކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލާއި މަޝްވަރާކޮށްފި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިއްޔެ ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީއާއި ބައްދަލުކުރައްވާފަ އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމާއި ގުޅޭގޮތުން ދެ ގައުމުގެ މިނިސްޓަރުން މަޝްވަރާ ކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންފައިވަނީ މާދަމާ ފަށާ މޯލްޑިވްސް – އިންޑިއާ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ހިޔާލު