Katrina vahtaalumah fahu Asia gai 3 vana ah enme reethi meehakah Hina Khan!
image
ހީނާ ހާން--
0 ކޮމެންޓް
 

ކެޓްރީނާ ވައްޓާލާ، އޭޝިއާގައި ތިން ވަނައަށް އެންމެ ރީތީ މީހަކަށް ހީނާ ހާން!

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް، ވައްޓާލުމަށް ފަހު ޓީވީ ތަރި ހީނާ ހާން، އޭޝިއާގައި ހުރި ތިން ވަނައަށް އެންމެ ރީތި އަންހެން މީހާގެ މަގާމު ހޯދައިފި އެވެ.
މިދިޔަ ބުދަ ދުވަހު ޔޫކޭގެ ވީކްލީ މެގަޒިންއަކުން އާންމު ކުރި މިއަހަރު އޭޝިއާގައި ތިބި އެންމެ ރީތި މީހުންގެ ލިސްޓުގެ ތިން ވަނައިގައި އަކްޝަރާގެ ނަމުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ހީނާ ހިމެނޭއިރު ހީނާގެ އިތުރުން އެ ލިސްޓުގެ ފަސް ވަނައިގައި ސުރްބީ ޗަންދުނާ ވެސް ހިމެނެ އެވެ.

ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އާލިއާ ބަޓް އެވެ. އަދި ދެވަނައިގައި އުޅެނީ ދީޕިކާ ޕަޑުކޯނެވެ. އަދި ހަތަރު ވަނައިގައި މާހިރާ ހާން ހިމެނޭއިރު ހަ ވަނައިގައި އޮތީ ކުރިން ތިން ވަނައިގައި އޮތް ކެޓްރީނާ ކައިފެވެ.

މިއީ އުމުރުން 32 އަހަރުގެ ހީނާއަށް ވަރަށް ކާމިޔާބު އަހަރެވެ. މިހާރު އޭނާ އަންނަނީ ބޮލީވުޑަށް ތައާރަފުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ހީނާ ވަނީ ބިގް ބޮސް 11 ގެ އިތުރުން ހަތްރޮން ކޭ ކިލާޅީ އިން ވެސް ފެނިގެންގޮސްފަ އެވެ.
ހިޔާލު