Council inthihaabah PPM ge ticket gai vaadha kurumuge furusathu hulhuvaalaifi
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕީޕީއެމުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުސަތު 07 ޖެނުއަރީ 2020 ވަނަ ދުވަހުގެ ރޭގަނޑު 10:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.



ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވޯޓުލުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

ސުންގަޑި ހަމަވަންދެން ޕްރައިމަރީގައި ވާދަ ކުރުމަށް ޕާޓީގެ ކޮންމެ މީހަކަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ. އަދި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގައި ޕީޕީއެމްގެ ޕްރައިމަރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވާނެ ކަމަށްވެސް ޕީޕީއެމުން މައުލޫމާތު ދެއެވެ.
ހިޔާލު