Yamin verikamugai Modi raajje vadainugathee alhugandu jalugai hurumun: Raees Nasheed
image
އަބްދުﷲ ޔާމީން
2 ކޮމެންޓް
 

"ރައީސް ޔާމީން ވެރިކަމުގައި ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިނުގަތީ އަޅުގަނޑު ޖަލުގައި ހުރުމުން"

ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިނުގަތީ އެމަނިކުފާނު ޖަލުގައި ހުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ލޯކް ސަބާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް ޔާމީންގެ ވެރިކަމުގައި ސަރަހައްދުގެ ޤައުމުތަކަށް ވަޑައިގެންނެވި އިރު، ރާއްޖެ ވަޑައިނުގަތީ އެމަނިކުފާނު ޖަލުގައި ހުރުމުން ކަމަށެވެ.

"އަޅުގަނޑު ބޮޑުވަޒީރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ބޮޑުވަޒީރު އަޅުގަނޑުގެ އަންހެނުންނަށް ލިޔުއްވި. ވިދާޅުވީ އަޅުގަނޑު ޖަލުގައި ހުރިހައި ހިނދަކު ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު ރަނގަޅު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބޮޑުވަޒީރު މޯދީ ރާއްޖެ ދެ ފަހަރަށް ވަޑައިގެންފައިވާކަމަށެވެ. އަދި ރައީސް ނަޝީދު މޯދީ އާއި ހަތަރު ފަހަރު ބައްދަލު ކުރެވި ކަމަށާއި، އަދި ރައީސް ސޯލިހް މޯދީ އާއި ތިން ފަހަރު ބައްދަލު ކުރައްވާފައި ވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވި އިރު، ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ދެ ޤައުމުގެ ގުޅުން އަންނަނީ ބަދަހި ވަމުންނެވެ.
ހިޔާލު

ހާހާ

ޙާދަލޯބީގެފޮޓޯއެކޭ

އިބުރޭ1122

ޔާމީނު ވެރިކަމުގަ ތިޔަ މީހާ ނޭރުވީ.