BML head office kurimatheegai aa parking zone eh hadhaifi
image
ބީއެމްއެލް ކުރިމަތީގައި ހެދި ޕާކިން ޒޯން---ފޮޓޯ:މާލޭ ސިޓީ ކައުންސިލާ ޒަމީރް(ޓުވިޓާ)
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބީއެމްއެލް ހެޑް އޮފީސް ކުރިމަތީގައި އާ ޕާކިން ޒޯނެއް ހަދައިފި

ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ކުރިމަތީގައި އާ ޕާކިން ޒޯނެއް ހަދައިފި އެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކަލުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފަޒީނު ވިދާޅުވީ އަލަށް ހެދި ޕާކިން ޒޯނު ހުޅުވާފައިވަނީ އިއްޔެ ކަމަށެވެ. އަދި އެ ޕާކިން ޒޯނުގެ ސަބަބުން ޕާކު ކުރުމަށާއި މާލެއިން ފުރާ މީހުންނަށް ފަސޭހަވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.

125 ސައިކަލް ޕާކު ކުރެވޭ އެ ޕާކިން ޒޯނުގެ ބަދަލުގައި މީގެ ކުރިން އެތަން ހަދަން އުޅުނީ ތަފާތުކޮށް ކަމަށް ފަޒީން ވިދާޅުވި އެވެ. އެގޮތުން ދަތުރުވެރިންނަށް ހާއްސަކޮށް އެސަރަހައްދު ހިޔާކޮށް ބެންޗުތަކެއް ބަހައްޓާ އަދި ކުޑަ ފިހާރައެއް ވެސް އެތަނުގައި ހެދުމަށް އޭރު ނިންމި ކަމަށްވެސް ފަޒީން ވިދާޅުވި އެވެ. ނަމަވެސް ހުއްދަ ލިބުން ލަސްވަމުންދާތީ ވަގުތީ ގޮތުން އެސަރައްހަދުގައި ޕާކިން ޒޯނެއް ހެދީ ކަމަށްވެސް ފަޒީން ވިދާޅުވި އެވެ.

"މި ބަދަލް ނުގެނިވި ގިނަ ދުވަސް ވާތީ ޕާކު ކުރުމަށާއި ފުރާ މީހުންނަށް ފަސޭހަ އަކަށް އެ ބަދަލު ގެނައީ" ފަޒީން ވިދާޅުވި އެވެ.



މާލޭގައި އެއްގަމު އުޅަނދު ފަހަރު އިތުރަށް ޕާކު ކުރާނެ ޖާގައެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ޝިފާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މާލޭގެ ގޯޅިތައް ފުރިފައިވާ ކަމަށާއި، އަދި އެކަމުގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން ވަރަށް ސާފު ކަމަށެވެ. އަދި އިތުރަށް ޕާކު ކުރާނެ ޖާގައެއް މާލޭގައި ނެތް ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

މާލޭ ސިޓީގައި ދުއްވާ އުޅަނދު ފަހަރު އިތުރުވެ ތޮއްޖެހުމުގެ މައްސަލައިގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އަދި އެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭގައި އިތުރު ޕާކިން ޒޯންތައް ހެދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހިޔާލު