Nasheed masahakikurahvani India in faaisaa hoadhaigen verikan kuran: Umar
image
ފޮޓޯ: ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
3 ކޮމެންޓް
 

ނަޝީދު މަސައްކަތްކުރައްވަނީ އިންޑިއާއިން ފާއިސާ ހޯދައިގެން ވެރިކަން ކުރަން: އުމަރު

ރައީސް ނަޝީދު މަސައްކަތްކުރައްވަނީ އިންޑިއާއިން ފާއިސާއާއި އެހީތެރިކަން ހޯދައިގެން ވެރިކަމަށް ވަޑައިގަންނަވަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އުމަރު ނަޝީރު ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އިންޑިއާގެ މަދަދުގައި އަލުން ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެއީ ނަޝީދަށް ކުރެވޭ ވަރަށް ބޮޑު ކުންހީއެއް ކަމަށާއި ވޯޓުލަނީ އިންޑިއާ މީހުން ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

އެގޮތުން ނަޝީދަށް ވޯޓު ލަނީ ދިވެހިން ކަމަށާއި ދިވެހިންނަށް ވަރަށް ސާފުކޮށް ވާންއުޅޭގޮތް މިހާރު އެނގޭ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އިންޑިއާގެ މަގްސަދު ވަރަށް ސާފުކަމަށާއި އެމްޑިޕީން އިންޑިއާގެ އުނގަށްވެއްޓޭ ސަބަބު ވަރަށް ސާފު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ނަޝީދު ކުޅުއްވަނީ ޕޮލިޓިކަލް ކާޑެއް ކަމަށާއި އިންޑިއާގެ މަދަދުގައި ވެރިކަމަށް އައުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާ އުމަރު ވިދާޅުވީ ދިވެހި ތާރީހުން އެނގެންއޮތް ގޮތުގައި އެފަދަ މަސައްކަތްތަކެއް އަދި މިހާތަނަށް ކާމިޔާބުވެފައި ނެތް ކަމަށެވެ.

އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް އެމްޑީޕީން ކަންތައްތައް ކުރަމުންދާކަން ފާހަގަ ކުރައްވާ އުމަރު ވިދާޅުވީ ކުރީ ސަރުކާރުން އިންޑިއާ ސިފައިން ގެނައި އަދަދަށްވުރެ އެތަށް ގުނައެއް އެމްޑީޕީ ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ.

ހަގީގަތަކީ އިންޑިއާއިން ބޭނުންވާ ކަންތައްތައް ހާސިލް ކުރަނީ ދިވެހި ރާއްޖޭގެ ސިޔާސީ މީހުންނަށް ރިޝްވަތުދީގެން ކަމަށް އުމަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އެ ރިޝްވަތުގެ ފާއިސާގައި ކެންޕެއިން ފާއިސާގެ ގޮތުގައި ނުވަތަ ޕާޓީއަށްދޭ ހަދިޔާއެއްގެ ގޮތުގައި އެކިއެކި ނަންނަމުގައި ފާއިސާ ހަރަދުކޮށްގެން ރާއްޖޭގެ ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވައިގެން އެ މީހުން ބޭނުންވާ ބަޔަކު އިންތިހާބުކޮށްގެން، އިންތިހާބު ކުރާ މީހުން މެދުވެރިކޮށްގެން އެ މީހުން ބޭނުންވާ ކަންތައްތައް ހާސިލް ކުރަމުންދާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަދި މައްސަލައަކީ އިންޑިއާގެ ފީކަޅާކަން ނޫން ކަމަށާއި ގޯސް ހަދަނީ ޕޮލިޓިކަލް މީހުންގެ ގައިގައި ތެދުވެރިކަމާއި އަމާނާތްތެރިަކަން ނެތް މީހުން ކަމަށް އުމަރު ވިދާޅުވިއެވެ. ޗައިނާއަށް ބަދުބަސް ބުނުމުގެ އަސްލަކީވެސް އިންޑިއާގެ ރުހުން ހޯދުން ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ ޗައިނާއަކީ ބިމުގެ ގޮތުންނާއި ތަރައްގީގެ ގޮތުން ބެލިކަމުގައި ވިޔަސް އިންޑިއާއަށް ވުރެ މާ މުއްސަނދި ގައުމެއްކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނޭ ކަމަށެވެ.

އެ މީހުންނަށް ރުހުނަސް ނުވަތަ ނުރުހުނަސް ބަދު ބަސް ބުނުމަކީ ސިޔާސީ ލީޑަރުން ކުރަންވާނެ ކަމެއް ނޫން ކަމަށާއި ނަޝީދު ހުރިހާ މަސައްކަތެއް ކުރައްވަނީ އިންޑިއާ ރުއްސަން ކަމަށް އުމަރު ވިދާޅުވިއެވެ.

ނަޝީދު ކުޅުއްވަނީ ދެ ކާޑެއް ކަމަށާއި އެގޮތުން އެއް ކާޑެއްގެ ގޮތުގައި ކުޅުއްވަނީ ރާއްޖޭގައި ތިބެނީ ދީނީ ގޮތުން ހައްދުފަހަނައަޅައިފައި ތިބޭ މީހުން ކަމަށް ވިދާޅުވެ އިންޑިއާ އަތުންނާއި ޔޫރަޕްގެ ގައުމުތަކުން ފާއިސާ އާއި ޕޮލިޓިކަލް މަދަދު ހޯދުން ކަމަށެވެ. ދެވަނަ ކާޑެއްގެ ގޮތުގައި ނަޝީދު ކުޅުއްވަނީ އިންޑިއާއަށް ޗައިނާ ދައްކައިގެން އިންޑިއާ ބިރުގަންނަވާލައިގެން ޗައިނާއިން ރާއްޖޭގެ ބިންތައް ނަގާ ކަމަށާއި އިގްތިސާދީ ގޮތުން ރާއްޖެ އަޅުވެތި ކުރާކަމުގެ ތުހުމަތުކޮށްގެން އިންޑިއާއިން ސިޔާސީ ކަންތައްތަކުގައި މަދަދު ހޯދުން ކަމަށެވެ.

ނަޝީދު އަބަދުވެސް އިންޑިއާއަށް ބިރު ދައްކަނީ ދީނީ ހައްދުފަހަނައެޅި މީހުންތައް ދައްކައިގެންނާއި ޗައިނާގެ މީހުން ދައްކައިގެން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އެމްޑީޕީ އިދިކޮޅުގައި އޮވެގެން އެންމެ ބާރަށް ދެއްކި ވާހަކައަކީ ޗައިނާއަށް ރާއްޖޭގެ ރަށްތައް ވިއްކާ ހުސްކުރާ ވާހަކަ ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ ޗައިނާއަށް ވިއްކި އެއްމެ ރަށެއްވެސް އަދި މިހާތަނަށް އެމްޑީޕީއަށް ދެއްކިފައި ނުވާ ކަމަށެވެ.

"ކޮންމެހެން ނަޝީދު އުޅުއްވަނީ ޗައިނާ ގޯސްވެގެން ނޫން އޭނާ އުޅެނީ އިންޑިއާގެ ރުހުން ހޯދަން" އުމަރު ވިދާޅުވިއެވެ.
ހިޔާލު

ޢަލީސަލީމު

ޢުމަރަކީ ދުނިޔެނުދެކޭފަދަ ސިޔާސީމީހެއް. މޮޅުކަމަކީ އެދައްކާ މޮޅުވާހަކަ ތިމާގެ އަނބިމީހާވެސް ގަބޫލުނުކުރާކަން. ޣައުމުގެ ރައީސްކަމުގެ ހުވަފެން އަބަދު ދެކިދެކި ހުންނައިރު ރައްޔިތުންގެ ލޯބިހޯދަންކުރަން އެނގިލައްވާ ކަމަކީ ރައްޔިތުންގެލޯބި ހޯދައިގެން ކުރިމަތިލި ކޮންމެމަގާމަކަށް ހޮވޭ ސިޔާސީމީހުންނާ ހަސަދަވެރިވެ ޖެހިގަތުން. މިވިސްނުމުގަ މިވީހާތަނަށް ކުރިއެއްވެސް ކަމެއް ކާމިޔާބެއްނުވި. ކުޑަވެގެން އެންމެ 5000 މީހުންގެވޯޓުން ހޮވަންޖެހޭ މަޖިލިސް މެމްބަރުކަން ވެސް ނުލިބުނު. މީހަކު ދިނީތީވެ ވަޒީރުކަން ލިބުނު.

މަރިޔަމްމަނިކެ

ދެން ތިބޭފުޅާ ކީއްކުރާނީ. ކަހާތަންކަހައޭވެސް ހީނުވާނެ ނަޝީދުއަށް ސިޔާސީ ބުރަދަނެއް ނެތް މީހަކު އެއްޗެކޭ ބުނެގެން

ޙުސޭ

އުމަރު ނަސީރު ގެތިވާހަކަޔައް ތީދޮގެކޭ ބުނެވޭކައްނެތް.....