3 gaumakun alah kandaelhuvvi safeerunnaai foreign minister bahdhalu kurahvaifi
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ތިން ގައުމަކުން އަލަށް ކަނޑައެޅި ސަފީރުންނާއި ފޮރިން މިނިސްޓަރު ބައްދަލުކުރައްވައިފި

ތިން ގައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ފޮރިން މިނިސްޓްރީގަ އެވެ.

މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ބަލްގޭރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު އެލިއޮނޮރާ ޑިމިޓްރީ އާއެވެ. އެއަށްފަހު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ ޑެންމާކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ފްރެޑީ ސްވޭން އާއެވެ. އެންމެ ފަހުން މިނިސްޓަރ ބައްދަލުކުރެއްވީ އަޔަލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ބްރެންޑަން ވަރޑް އާއެވެ. ތިން ސަފީރުންނާއިއެކު ބޭއްވި ބައްދަލުވުންތަކުގައިވެސް އެޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި 3 ސަފީރުންވެސް މަސައްކަތްކުރައްވާނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެޤައުމުތަކުގެ އެމްބަސީތަކުގައި ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ބަލްގޭރިއާއިން ދިވެހިރާއްޖެ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ، 14 އޮގަސްޓް 1984 ގައެވެ. ޑެންމާކާއި އެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ، 8 ނޮވެމްބަރ 1982 ގައެވެ. އަދި އަޔަލެންޑާއި އެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 7 ޑިސެމްބަރު 1999ގަ އެވެ.
ހިޔާލު