Mi sarukaarakah bridge eh neylheyne: AbdulRaheem
image
ފޮޓޯ: ސަން އޮންލައިން
ފާތުމަތު ރިފާޢަތު
1 ކޮމެންޓް
 

މި ސަރުކާރަށް ބްރިޖެއް ނޭޅޭނެ: އަބްދުއްރަހީމް

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް މި ސަރުކާރަށް ނުކުރެވޭނެ ކަމަށް ޕްރޮގްރެސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފުރަތަމަ ހުވާ ކުރެއްވުމަށް ފަހު އެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމުގެ ކުރިން ފައްޓަވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މިހާރު އަމަލީ މަސައްކަތް ފަށާ ތާރީހު އަންނަ އަހަރަށް ފަސްކުރައްވާފައިވާ ކަމަށެވެ.

މިހާރު މަސައްކަތްތައް މިދާގޮތުން ލޯކަލް ކައުންސިލް އިންތިހާބު ނިމުމުން އެ ބްރިޖްގެ އަމަލީ މަސައްކަތް 2023 ވަނަ އަހަރުގެ ކުރިން ފަށާނެ ކަމަށް އަލުން އިއުލާން ކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ މާލެއާއި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެފައިވާ ވަގުތެއްގައެވެ.

އަސްލަމް ވިދާޅުވެފައިވަނީ ބްރިޖުގެ ޑިޒައިން މަސައްކަތާ އަދި ޓެންޑާ ކުރުމަށް ބޭނުންވާ ކަންކަމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށެވެ. އަދި ޑިޒައިން އާއި ޓެންޑަރިން މަރުހަލާގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަން ޖެހޭ ކަމަށައި މިހާރު އެފަރާތްތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ބްރިޖާ ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރާތަކުގެ ތެރޭގައި ބްރިޖުގެ ލޭނުތަކުގެ ފުޅާމިނާއި، ޓްރެފިކް ލައިޓް ހުއްޓޭނީ ކިހިނެއްތޯ އާއި، ވިލިގިލީގައި ސައިކަލު ޕާކު ކުރާނެ ސަރަހައްދެއް ހެދުމުގެ އިތުރުން ގުޅީފަޅާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތައް ހިމެނިފައިވާ އިރު މިކަންކަމާއި މިހާރު މަޝްވަރާ ކުރެވެމުން އައި ނަމަވެސް އަދި ގޮތެއް ނުނިންމާ ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ހިޔާލު

ހައްސަ

ބަލަ އަދުރޭ! ކަލޭގެ ތިޔަ ބޮޑާކަމަށްވުރެ ﷲގެ ކުޅަދުންވަންތަކަން މާބޮޑު