Gaabil kan neiy nama dharinnah ves filmakun furusathu nudheynan: Amir Khan
image
އާމިރު ހާން އޭނާގެ އެންމެ ދޮށީ ދެ ދަރިންނާއެކު--
0 ކޮމެންޓް
 

ގާބިލްކަން ނެތް ނަމަ ދަރިންނަށް ވެސް ފިލްމަކުން ފުރުސަތު ނުދޭނަން: އާމިރް ހާން

މަޝްހޫރު ތަރި، އާމިރު ހާނުގެ ފުރަތަމަ ކައިވެންޏަށް ލިބުނު އީރާ އާއި ޖުނައިދު ވެސް މިހާރު ތިބީ ކިޔަވާ ނިމިފަ އެވެ. އެ ކުދިންގެ ޝައުގުވެރިކަން ހުރީ ފިލްމީ ދާއިރާއިން ކުރިއަށް ދާން ނަމަވެސް އާމިރު މި ވަނީ އެމީހުންގެ އެ ގާބިލުކަން ނެތް ނަމަ ފިލްމަކުން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
އީރާ، މިހާރު ފިލްމެއް ޑައިރެކްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުނައިދު ވަނީ ފިލްމަކުން ވެސް ފެނިފަ އެވެ. އެކަމަކު އާމިރު ބުނީ ފިލްމީ ދާއިރާއިން ކުރިއަށް ދާން ބޭނުންވި ނަމަވެސް ދަރިން އޭނާގެ ފަރާތުން އެހީތެރިކަން އެއްވެސް ވަރަކަށް ނުހޯދާ ކަމަށެވެ.

އާންމުކޮށް ތަރިންގެ ދަރިން ފިލްމީ ދާއިރާއިން ކުރިއަރުވަން އެމީހުންގެ މައިންބަފައިން ވެސް އެހީވެ އެވެ. އަދި ފިލްމުތައް ޕްރޮޑިއުސް ކުރާ ނުވަތަ ޑައިރެކްޓް ކުރާ ގާތް އެކުވެރިންނާއި ވާހަކަ ދައްކައިގެން ދަރިންނަށް ފިލްމުތަކުގެ ލީޑު ރޯލު ހޯދައި ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ދެއެވެ.

އާމިރު ބުނީ، ބޮލީވުޑަށް ނުކުންނަން ބޭނުން ނަމަ، އެމީހަކު އަމިއްލައަށް މަސައްކަތްކޮށްގެން އެމަގު ހޯދަންވީ ކަމަށެވެ. އަދި އެ ކުދިންނަށް އޭނާގެ ފިލްމަކުން ވިޔަސް ފުރުސަތު ދޭނީ އެމީހުން އެ ރޯލަށް ފިޓްވާ ކަމަށްވާ ނަމަ އެވެ.

ދެހާސް ދެވަނަ އަހަރު އާމިރާއި ރީނާގެ ކައިވެނި ނިމުމަކަށް އައިއިރު އާމިރު ވަނީ 2005 ވަނަ އަހަރު ޕްރޮޑިއުސަރު ކިރަން ރާއޯއާ ކައިވެނި ކޮށްފަ އެވެ. އެ ކައިވެންޏަށް ވެސް ފިރިހެން ކުއްޖަކު ވަނީ ލިބިފަ އެވެ.
ހިޔާލު